ފުވައްމުލަކާއި ފަރެސް މާތޮޑާއާ ދެމެދު ފެރީގެ ޚިދުމަތް ފަށައިފި
ފުވައްމުލަކާއި ފަރެސް މާތޮޑާއާ ދެމެދު ފެރީގެ ޚިދުމަތް ފަށައިފި

ފުވައްމުލަކާއި ގދ. ފަރެސް މާތޮޑާއާ ދެމެދު ގާއިިމްކުރި ފެރީގެ ނިޒާމު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ފެރީގެ ނިޒާމު އިފްތިތާހުކޮށް ދެއްވީ ފަރެސް މާތޮޮޑާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފުވައްމުލަކާއި ފަރެސް މާތޮޑާއާ ދެމެދު ފެރީގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް އަދި އެއްވެސް ބަޔަކު ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދިނުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ އެދޭ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންނަށް ތަރައްގީ އާއި ކުރިއެރުން ލިބެމުން ދިއުމުގެ ހަގީގަތަކީ އެކަކު އަނެކަކާ ގުޅިގެން ކުރެވޭ މަސައްކަތުން ކަން ފާހަގަ ކުރައްވައި، ރައްޔިތުން އަބަދުވެސް ގުޅިގެން މަސައްކަތް ކުރަން ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.