އިޓަލީ އަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް
އިޓަލީ އަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް

ރޯމް (އޮގަސްޓް 24) - އިޓަލީގެ މެދުތެރޭ ހިސާބުތަކަށް މިއަދު އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިޓަލީ އަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް
އިޓަލީ އަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް

"ބިން ހެލުމުގައި ވަނީ ވަރަށް ގިނަ މީހުން ގެއްލިފައި،" ސިވިލް ޕްރޮޓެކްޝަން ޔުނިޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އިޓަލީ އަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް
އިޓަލީ އަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަށް

ރިކްޓާ މިންގަނޑުން 6.2 ގެ ބާރު މިނުގައި އައި ބިން ހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ރޯމުގެ އިރު އުތުރުން 65 މޭލު ދުރުގައި އޮންނަ ޕެސްކަރާ ޑެލް ޓްރޮންޓޯ އަށެވެ. މި އަވަށް އެކުގައިހެން ވަނީ ބިމާ ހަމަވެފަ އެވެ. ބިން ހެލުމުގެ އަސަރު ވަނީ ރޯމަށް 20 ސިކުންތަށް ކޮށްފަ އެވެ. އަދި ލާޒިއޯ އާއި އުތުރުން ބޮލޮނާ އަދި ދެކުނުން ނޭޕްލްސް އަށް ވެސް ވަނީ ބިން ހެލުމުގެ އަސަރު ކޮށްފަ އެވެ.

އަންސާ ނިއުސް އެޖެންސީން ބުނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ހަތަރު އަހަރާއި ހަތް އަހަރުގެ ދެ ކުދިން ނެރެފައިވާ ކަމަށެވެ.

އިޓަލީގެ ބޮޑު ވަޒީރުގެ އޮފީހުން ބުނީ ބިން ހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހިސާބުތަކަށް މީހުން ސަލާމަތްކުރާ ޓީމުތައް ފޮނުވާފައިވާ ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިން ހެލުމުގެ ބާރު މިނަށް ބަލާއިރު ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިޓަލީ އަށް 2009 ވަނަ އަހަރު 6.3 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 309 މީހުން މަރުވެފަ އެވެ.