07 ފެބުރުއަރީ 2019 - 16:21

މޯލްޑިވްސް ލިވިން އެކްސްޕޯގައި ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި އަކުއާ ވީޓާ ރެޒިޑެންސީސް އިން ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފި އެވެ.

މި މަހު 9-11 އަށް ދަރުބާރުގޭގައި ބާއްވާ މި އެކްސްޕޯގައި، އަކުއާ ވީޓާ އިން ހުޅުމާލޭގައި ތަރައްގީ ކުރާ ފްލެޓްތަކާ ގުޅޭ މައުލޫމާތުތައް ލިބޭނެ އެވެ. ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ 14 ބުރީގެ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ.

ލިވިން އެކްސްޕޯގެ ތެރެއިން ފްލެޓް ގަންނަން ބުކް ކުރާ ފަރާތްތަކަށް ހާއްސަ އަގުތަކެއް ލިބޭނެ އެވެ. އެހެން ކަމުން ހެޔޮ އަގެއްގައި ލަގްޒަރީ ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް އަކުއާ ވީޓާ އިން ބުނެ އެވެ.
މި އެޕާޓްމެންޓްތައް 2020 ވަނަ އަހަރުގެ މާޗު މަހު ނިންމާލެވޭނެ ކަމަށް، ޕްރޮޖެކްޓް ހިންގާ ކުންފުނިން ބުނެ އެވެ. އެހެންވެ މިހާރު ވެސް ބުކް ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ. ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ލީސް ކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނެފައިވަނީ ރިޒަވޭޝަން ޕީ ނުވަތަ ޕާކިން ބުކިން ފީގެ ގޮތުގައި 50000ރ. ނެގުމަކީ ހުއްދަކަމެއް ކަމަށެވެ. އެހެން ކަމުން އަލަށް އިމާރާތް ކުރާ ތަންތަނުގެ 20 ޕަސެންޓް އިމާރާތް ނުކުރި ނަމަވެސް ބުކް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ފްލެޓްތައް ގަތުމުގައި ބީއެމްއެލްގެ ލޯނު މެދުވެރިކޮށް ވެސް ފައިސާ ދެއްކުމުގެ ފުރުސަތު އަކުއާ ވީޓާއިން ވަނީ ހުޅުވާލައިފަ އެވެ. އަކުއާ ވީޓާގެ އެޕާޓްމަންޓްތަކުގެ ތެރެއިން ތިން ރޫމާއި މެއިޑް ރޫމާ އެކު އެޕާޓްމެންޓްތަކުގެ އަގު ފެށެނީ 3.9 މިލިއަން ރުފިޔާއިންނެވެ. އަދި ދެ ރޫމާއި އެއް މެއިޑް ރޫމާ އެކު އެޕާޓްމަންޓްތަކުގެ އަގު ފެށެނީ 3.1 މިލިއަން ރުފިޔާއިންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 7708866 ނުވަތަ 7388866 އަށް ގުޅައިގެން ހޯދޭނެ އެވެ.