07 ފެބުރުއަރީ 2019 - 10:03

ރައީސް ރިޔާސީ ބަޔާން ނިންމާލައްވައިފި.

މާލޭގައި އަލަށް ސަރުކާރުގެ އެއްވެސް އިމާރާތެއް ނުހަދަން ވަނީ ނިންމާފައި. އެއީ މާލޭގެ ތޮއްޖެހުން ކުޑަކުރަން

ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރު ދެނެގަތުމަށް އެސެސްމަންޓެއް އަންނަނީ ހަދަމުން، އަމާޒަކީ ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އިމާރާތްކޮށް، އަގުތައް ހެޔޮކުރާނަން.

ބޯފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަށާނަން، ތިމާވެށި ހިމާޔަތް ކުރަން ހާއްސަ އިސްކަމެއް ދީ، ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ފަވާލާނެ

ތިމާވެށީގެ ހިމާޔަތަށް ވެސް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި. ދުނިޔޭގައި ރާއްޖެ އަކީ ތިމާވެށީގެ ލީޑަރެއްގެ މަގާމު އަލުން ހޯދާނަން
ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި. މާލެ ސަރަހައްދުގައި އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް ހަދާނެ ކަމަށް ވެސް ވިދާޅުވި
އުމުރުން ދުވަސްވީ، އަޅާލާނެ ބަޔަކު ނެތް މީހުންނަށް "އެލްޑަލީ ހޯމް" އެއް ހަދަން ވަނީ ނިންމާފައި.
ނަފްސާނީ ބަލިތަކަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ. މެންޓަލް ހެލްތާ ބެހޭ ބިލެއް މަޖިލީހަށް މި އަހަރު ހުށަހެޅޭނެ
އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ދޭން ފަށާނެ. މިއީ ސާވިކަލް ކެންސަރާ ދެކޮޅަށް ފަށާ މަސައްކަތެއް
ރައީސް ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ އާ ފުރުސަތުތަކެއް ވަރަށް އަވަހަށް ހުޅުވާލާނެ . އެ ލޯން ސްކީމްގައި، ސާކް ގައުމުގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑާއި ފިލިޕީންސް އަދި ޗައިނާ އިން ކިޔެވޭނެ އިންތިޒާމް ވެސް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި .
މިދިޔަ އަހަރު ސަރުކާރުން އިއުލާންކުރި ލޯން ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް އިންޓްރެސްޓް ކުޑަ ލޯނު ހަމަޖެހިގެންދާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވި
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ޖެހޭ މުއްދަތު 25 ޕަސެންޓް އިތުރުކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި . އެ ބަދަލާ އެކު އެންމެ މަތިން ލޯނު ނަގާ ދަރިވަރުން މަހަކު ދައްކަން ޖެހޭ އަދަދުން ގާތްގަނޑަކަށް 4،000 ރުފިޔާ އުނިވެގެން ދާނެ ކަމަށް ވިދާޅުވި .
"މި ސަރުކާރުން ޒުވާނުންނަށް މަތީ ތައުލީމް ދޭނެ. އެންމެންނަށް ކިޔަވައިދީ ތަމްރީން ދޭނެ. އެއާއެކު ވަޒީފާގެ ފުރުސަތު ވެސް ހޯދައިދޭނެ،"
ތައުލީމީ ދާއިރާ އަށް މި އަހަރު 3.4 ބިލިއަން ކަނޑައަޅާފައިވާ އިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ތައުލީމަށް މިހާ ބޮޑު ހޭދައެއް ކުރަން ކަނޑައެޅި ފުރަތަމަ ފަހަރު
ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ. ތައުލީމީ ދާއިރާ އަށް ކަނޑައެޅި 3.4 ބިލިއަން ރުފިޔާގެ ބަޖެޓުން ގައުމީ ތަރައްގީގެ ދުވެލި ހަލުވި ވާނެ.
އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށާނަން.
ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ވަނީ މަޝްވަރާ ފަށާފައި.
މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ލުއިތަކެއް ހޯދައިދީ، އާމްނީ އިތުރުވާނެ މަގުތައް ފަހިކޮށްދޭނަން. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތަކުން މިހާރު ވަނީ ޑިއުޓީ ކަނޑާލާފައި.
ވެލާނާ އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމައި، ތިލަފުށީގައި ޒަމާނީ ބަނދަރެއް ގާއިމްކުރެވޭނެ. އެއާއެކު، މާލޭގައި ހުރި ގުދަންތަކާއި ސިނާއީ މަަސައްކަތް ކުރާ ތަންތަން މާލެ އިން ބޭރުވެ، މާލެ ތޮއްޖެހުމަށް ލުޔެއް ލިބޭނެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ. އުތުރާއި ދެކުނުގައި ވެސް ޓޫރިޒަމަށް އިތުރު ދިރުމެއް އަންނާނެ.
އަމާޒަކީ މި އަހަރުގެ ތެރޭގައި 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން. އަދި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން.
އޭޕްރީލް މަހުން ފެށިގެން މާލެއާ އެއް އަގެއްގައި ރަށްރަށުން ކާޑު ގަންނަން ލިބޭނެ
އެސްއެމްއީ ބޭންކުން އަންނަ މަހު ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި
ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެތެރެއަށް ސަރުކާރުގެ ކުންފުނިތައް ނުވަނުން.
އިގްތިސާދީ ސިޔާސަތުގައި އިސްލާހުކުރަންޖެހޭ ކަންކަން ގިނަ
އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން
ދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ވެސް ދިވެހި ކޮންސިއުލޭޓެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި
ރައީސް ވިދާޅުވި ގޮތުގައި ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަކަށް މުޅި ދުނިޔެ ބަދަލުވެފައިވާ އިރު ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުހިއްމު ކަމެކެވެ. ދެކުނު އެފްރިކާ އާއި އެމެރިކާގެ ވޮޝިންޓަނާއި ރަޝިއާގައި ދިވެހި އެމްބަސީއެއް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް
އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ އެހީތެރިކަން ފޯރުވައި، ތައުލީމް ކުރިއެރުވުމުގައި ބައިވެރިއެއްގެ ގޮތުގައި އޮތް ކޮމަންވެލްތާ އަލުން ގުޅުމަށް އެ ޖަމާއަތަށް ރަސްމީކޮށް ވާނީ ހުށަހަޅައިފައި ކަމަށް
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ރާއްޖެ އޮތީ ވަރަށް ބޮޑަށް ބާކީކޮށް، އެކަހެރިކޮށްފައި ކަމަށެވެ. ހާރިޖީ ސިޔާސަތަށް މި ސަރުކާރުން ގެނައި ބަދަލާ އެކު ރާއްޖެ އަށް މިހާރު ވަނީ ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަހުމަތްތެރިކަން އަނބުރާ ލިބިފައި ކަމަށް
އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނަން.
ކުރީ ސަރުކާރުން ހިފެހެއްޓި ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލައިފިން. ގާނޫނު އިސްލާހުކޮށް އިތުރު ބާރުތައް ކައުންސިލްތަކަށް ދޭ އިރު، މާލީ ފުދުންތެރި ކަން ވެސް ލާމަރުކަޒު ކުރެވިގެން ދާނެ.
ސިޔާސީ މަގްސަދެއް ހާސިލްކުރަން ވަކި ބަޔަކަށް އަމާޒުކޮށް މިދިޔަ ދައުރުގެ ތެރޭގައި ގާނޫނުތަކަކަށް އިސްލާހު ގެނައި މަސައްކަތް ސަރުކާރުން އަންނަނީ ދިރާސާ ކުރަމުން.
ސިޔާސީ މަގްސަދެއް ހާސިލްކުރަން ވަކި ބަޔަކަށް އަމާޒުކޮށް މިދިޔަ ދައުރުގެ ތެރޭގައި ގާނޫނުތަކަކަށް އިސްލާހު ގެނައި މަސައްކަތް ސަރުކާރުން އަންނަނީ ދިރާސާ ކުރަމުން.
ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކޮށް، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ދެވޭނެ.
ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން، އދ. ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.
މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަނަށް ބާރު ދޭ ބިލާއި ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ އިތުރުން ދިވެހި ރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލް އަވަސްކޮށްދޭން ރައީސް އެދިވަޑައިގަތް.
"ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ، މި ގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،"
އިންސާފު ލިބޭނެ ކަން ކަށަވަރު ކުރަން، ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަންތައް
ރައީސް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް އިސްލާހީ ގިނަ ބަދަލުތައް ގެންނަން ޖެހޭ ކަމަށް
އަސާސީ ބޭނުންތައް ކަމަށްވާ ބޯފެނާއި ބޯހިޔާވަހިކަން ފުރިހަމަކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ދެމި ހުންނާންނަން
މިއަދު ސިޔާސީ ފިކުރުތަކަށް އަމާން މާހައުލެއް ތަނަވެސްވެއްޖެ. ރައްޔިތުންގެ އުފާވެރިކަން އިތުރުވެއްޖެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވާހަކަ ދައްކަވައި ނިންމެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ދެންމެ ފަށައިފި އެވެ.
މިއީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 25 އަހަރު ހޭދަކުރައްވައި، ރައީސް ކަމަށް އިންތިޚާބުވެވަޑައިގެން ފުރަތަމަ ފަހަރަށް އިއްވަވާ ރިޔާސީ ބަޔާނެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން މި ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އިތުރަށް ރަނގަޅު ކުރަން ކުރައްވާނެ ކަންކަން އާއްމު ކުރެއްވުމެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވާ ޖަލްސާގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތެވެ.