ފީނަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ
ފީނަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

ބ. އެނބޫދޫ ކައިރީގައި އޮންނަ ރަންގަލި ފަރަށް ފީނަނިކޮށް މިއަދު ގެއްލުނު ޒުވާނާ، މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބ. ތުޅާދޫ، ޔާފިއު ހުސެއިން، 20، ގެއްލިގެން މެންދުރުފަހު 3:47 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ 30 މީޓަރު އަޑިން، ވައްކަރު ރިސޯޓުގެ ޑައިވަރުންނަށެވެ.

ޔާފިއުގެ ހަށިގަނޑު ތުޅާދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ޔާފިއު އާއްމުކޮށް ދިރިއުޅެނީ މާލޭގަ އެވެ. އޭނާ މިދުވަސްވަރު ހުރީ ޗުއްޓީ އަށް ރަށަށް ގޮހެވެ.