06 ފެބުރުއަރީ 2019 - 16:59

އެމްޑަބްލިއުއެސްސީގެ ޗެއާމަނަކަށް އަހުމަދު މައުސޫމް އަދި އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ކުރި ޓްވީޓުގައި ބުނީ ފެން ކުންފުނީގެ ޗެއާމަނަކަށް ގ. ޕްލެސެންޓް ވޭވްސް، މައުސޫމް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ ވަނީ ކުރީގެ ރައީސް މުުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމު އަދާކުރައްވައިފަ އެވެ.
އެމްޑީޕީގެ ސްލޮޓުގައި ގައުމީ އެއާލައިން ހިންގާ ކުންފުނީގެ ޗެއާމަނަށް އައްޔަންކުރެއްވި ޝަމްހީދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގަ އެވެ. ނަމަވެސް މާމިގިލީ އެއާޕޯޓު ހިންގުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުއްޔަށް ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރިކަން އިއުލާނުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އިތުރުން މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކޮށްފައިވެ އެވެ.
1. ޗެއާމަން: ޑރ. އަހުމަދު ޝަމްހީދު، ގއ. ދެއްވަދޫ، މާވެޔޮދޮށުގެ
2. އެގްޒެކެޓިވް ޑިރެކްޓަރު: އައިޝަތު ޖެނިފާ، މ. ޏަމްޏަމްގެ،
3. ނޮން-އެގްޒެކެޓިވް ޑިރެކްޓަރު: އަބްދުﷲ އާމިރު، މ. ރިއުބިކް
4. ނޮން-އެގްޒެކެޓިވް ޑިރެކްޓަރު: އަބްދުﷲ އާޒިމް، މައުނާ، ޏ. ފުވައްމުލަކު
5. ނޮން-އެގްޒެކެޓިވް ޑިރެކްޓަރު: އަޒްހީލް އަހުމަދު، ދަފުތަރު ނަމްބަރު 7545،
1. ޗެއާމަން: އަބްދުﷲ ފާއިޒް، މއ. ދޭލިޔާގެ
2. މުހައްމަދު ފާތިހު، ހ. މާރިކިލި،
3. މުހައްމަދު ޖަނާހު، ތަނޑިރަތްމާގެ، ސ. ހުޅުދޫ
1. އިނާޒު މުހައްމަދު ދީދީ، ފާޒް، ސ. ހިތަދޫ
2. އިބްރާހިމް މުއްތަލިބް، ހ. ފަންފިނި،