05 ފެބުރުއަރީ 2019 - 19:42

ކޭބަލް ޝޮޕްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހުޅުމާލޭ ނެއިބަހުޑް 1 ގެ، ރީތިގަސްހިނގުމުގައި ހުޅުވި މި ފިހާރަޔަކީ ކޭބަލް ޝޮޕްގެ ދެވަނަ ފިހާރަ އެވެ.
އެ ފިހާރައިގެ މާކެޓިން މެނޭޖަރު ރައުފަތު ޔޫސުފް ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ހުޅުމާލޭގައި ގިނަވެފައި ވާއިރު ކޭބަލް ފަދަ ތަކެތި ގިނަ ފަހަރަށް ގެންދަން ޖެހެނީ މާލެއިން ގަނެގެން ކަމަށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ގިނަ ޝަކުވާތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގައި ހުޅުވި އާ ފިހާރައާ އެކު ކަސްޓަމަރުންނަށް ލުއިތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތު އެކި ވައްތަރުގެ ކޭބަލް ވިއްކާ، ކޭބަލް ޝޮޕް ފިހާރައިގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވީ 2012 ވަނަ އަހަރު އެވެ. ވަޔަރިންނަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ކޭބަލްތައް އެ ފިހާރައިން ލިބެ އެވެ.