ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި

ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ސްރީ ލަންކާ އަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ރަސްމީކޮށް ލަންކާ ސަރުކާރުން ހޫނު މަރުހަބާއއް މިއަދު ދަންނަވައިފި އެވެ.

ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި
ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި

ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުގައި އޮތް ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ކޮލަމްބޯގެ ހިލްޓަން ހޮޓަލުން ވަޑައިގެންނެވީ ރަސްމީ އިއްޒަތުގަ އެވެ. ރައީސް ވަޑައިގެންނެވި މަގުތަކުގައި ލަންކާގެ ސަގާފީ ކުޅިވަރުތައް ދިޔައީ ކުޅެމުންނެވެ.

ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި
ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި

ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުން ރައީސް އަށް ރަސްމީކޮށް މަރްހަބާ ވިދާޅުވީ، ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޖަޔަންތީ ޕުޝްޕާ ކުމާރީ އެވެ. އެއަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ސިރިސޭނާ ޑަޔަސް އަށް އަރައިވަޑައިގަތުމުން، ޕްރެޒިޑެންޝަލް ސެލިއުޓް އަރުވައި، ރާއްޖެ އާއި ސްރީލަންކާގެ ގައުމީ ސަލާމް ކުޅުނެވެ. އޭގެ ފަހުން 21 ބަޑީގެ ސަލާމެއް ވެސް އެރުވި އެވެ. ދެން އޮތީ ރައީސްގެ ޝަރަފުގައި އޮތް ސްރީލަންކާގެ ޓްރައި ފޯސްގެ ގާޑް އޮފް އޮނާއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވުމެވެ.

ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި
ރައީސަށް ލަންކާ އިން ހޫނު މަރުހަބާއެއް ދަންނަވައިފި

މަރުހަބާގެ ރަސްމިއްޔާތަށް ފަހު ސްރީ ލަންކާ ސަރުކާރުގެ އިސް ބޭފުޅުން ރައީސް އަށް ތައާރަފްކޮށް އެރުވި އެވެ. އަދި ރައީސްގެ ދަތުރުފުޅުގައި ބައިވެރިވާ ދިވެހި ވަފުދު ރައީސް ސިރިސޭނާ އަށް ތައާރަފްކޮށް އެރުވި އެވެ. އޭގެ ފަހުން ރަސްމީ ވާހަކަތަކަށް ދެ ބޭފުޅުން ވަޑައިގެންނެވީ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓަށެވެ.