06 ފެބުރުއަރީ 2019 - 07:38

މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ގައި ހިމެނޭ ސޮނާކްޝީ ސިންހާގެ ހާއްސަ ލަވަ ދައްކާލައިިފި އެވެ.
މި ލަވައަކީ ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "މުނގުދާ" އާ ވާޝެނެކެވެ. ސޮނާކްޝީއާ އެކު އަޖޭ ދޭވްގަން ވެސް ފެނިގެން ދާ ލަވަ ކިޔާފައި ވަނީ ޖިއޯތިކާ ތަންގްރީ އާއި ޝާނާއި ސުބްރޯ ގަންގޫލީ އެވެ. ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ގޯރަވް-ރޯޝިން އެވެ.
ފިލްމު އިންކާރު (1977) ގައި ހިމެނޭ "މުނގްދާ" އޮރިޖަނަލް ލަވައިން ކުރީގެ މަޝްހޫރު އައިޓަމް ގާލް ހެލެން ފެނިގެންދާ އިރު، އެ ލަވަ ކިޔާފައި ވަނީ އޫޝާ މަންގޭޝްކަ އެވެ.
ކުރީގެ މަގުބޫލުތައް ލަވަތައް ގަޑުބަޑުކޮށްގެން މި ފަހުގެ ފިލްމުތަކުގައި ހިމެނުމަކީ ބޮލީވުޑްގައި މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ކަމެކެވެ. އެހެންވެ "މުނގުދާ" އަކީ ވެސް ކަމުދާ ކަހަލަ ލަވައަކަށް ވެދާނެ އެވެ.
އިންދަރު ކުމާރު ޑައިރެކްޓްކޮށްފައިވާ "ޓޯޓަލް ދަމާލް" ގެ ތަރިންނަކި އަޖޭ އާއި މަދޫރީ ޑިކްސިޓް، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، ރިތޭޝް ދޭޝްމުކް، އީޝާ ގުޕްތާ އަދި ޖާވިދު ޖެފްރީ އެވެ.
މިހާރު ޝޫޓިން ފަށާފައިވާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކްގައި އެކްޓަރު ކާތިކް އާރިޔަން ފެންނާނެ ގޮތް ދައްކާލައިފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯގައި ކާތިކް ފެންނަަނީ ތުނބުޅި އޮމާންކޮށްފައި، މަތިމަހެއް ލައިފައި ހުއްޓަ އެވެ. "ޕަތީ ޕަތުނީ އޯރް ވޯ" ގައި އޭނާ ކުޅޭނީ 1978 ގެ އޮރިޖިނަލް ފިލްމުގައި ސަންޖީވް ކުމާރު ކުޅުނު ކެރެކްޓާ އެވެ.
މުދައްސަރު އަޒީޒު ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލާއިންނަކީ ބޫމީ ޕެޑްނޭކަރް އާއި ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕަންޑާ އެެވެ. "ޕަތީ ޕަތުނީ އޯރް ވޯ" ގައި ކާތިކްގެ އަންހެނުންގެ ރޯލުން ބޫމީ ފެނިގެންދާ އިރު، އަނަންޔާ ކުޅޭނީ ކާތިކްގެ ސިއްރު ލޯބިވެރިޔާގެ ރޯލެވެ.
ޓީ ސީޒީރާއި ބީއާރް ފިލްމްސް ގުޅިގެން ހަދާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ލަންޑަނުގައި މިހާރު ޝޫޓް ކުރަމުން އަންނަ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ދެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
އެއް ޕޯސްޓަރުގައި ވަރުން ދަވަން ހިމަނާފައިވާ އިރު، އަނެއް ޕޯސްޓަރުން ފެންނަމީ ބަތަލާ ޝްރަދާ ކަޕޫރެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި "ދިލްބަރު" ލަވައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ނޯރާ ފަތެހީ ވެސް ވެސް ހިމެނެ އެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ސްޓްރީޓް ޑާންސާ" އަކީ ޑާންސް ގްރޫޕްތަކެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. އެގޮތުން އިންޓަނެޝަނަލް ގިނަ ނެށުންތެރިންތަކެއް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ލުއްކާ ޗުއްޕީ" ގެ އައު ލަވަ "ކޮކަ ކޯލާ" ދައްލާލައިފި އެވެ.
ވަރަށް ވެސް ފޯރިގަދަ ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދާ ލަވައިން ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ކާތިކާއި ކްރިތީ ސެނަން ފެނިގެން ދެ އެވެ. "ކޮކަ ކޯލާ" ލަވަ ކިޔާފައި ވަނީ މިހާރު އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް އާއި އޭނާގެ ބޭބެ ޓޯނީ ކައްކަރު އެވެ. ލަވައިގެ މިއުޒިކް ހަދައި، މީގެ ޅެން ވެސް ލިޔެފައި ވަނީ ޓޯނީ އެވެ.
"ލުއްކާ ޗުއްޕީ" އަކީ މިދިޔަ އަހަރު "އިސްތިރީ" ގެނެސް ދިން މެޑޮކް ފިލްމްސް އާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ލަކްޝްމަން އުޓޭކަރް އެވެ.