މެލޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން ކުޑައައްޔަ އަށް، ދެ ވަަނަ ޖާއްޓޭ ހޯދައިފި
މެލޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން ކުޑައައްޔަ އަށް، ދެ ވަަނަ ޖާއްޓޭ ހޯދައިފި

މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އަލީ ޚުސްރުވާން (ކުޑައައްޔަ) އަދި ދެ ވަނަ މަގާމް ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓެ) ހޯދައިފި އެވެ.

މެލޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން ކުޑައައްޔަ އަށް، ދެ ވަަނަ ޖާއްޓޭ ހޯދައިފި
މެލޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން ކުޑައައްޔަ އަށް، ދެ ވަަނަ ޖާއްޓޭ ހޯދައިފި

މި ކާމިޔާބީ ހޯދުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުޑައައްޔަ އާއި ޖާއްޓެ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

މެލޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން ކުޑައައްޔަ އަށް، ދެ ވަަނަ ޖާއްޓޭ ހޯދައިފި
މެލޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން ކުޑައައްޔަ އަށް، ދެ ވަަނަ ޖާއްޓޭ ހޯދައިފި

ރާއްޖޭގެ ބޮޑީބޯޑިން އެތުލީޓުން ފަހަކަށް އައިސް އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. ހާއްސަ ގޮތެއްގައި ކުޑައައްޔަގެ ކާމިޔާބީ ފާހަގަކުރެވެ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި ކުއިކްސިލްވާ ޗެރަޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ މުބާރާތުގެ ދެ ވަނަ މަގާމް މުހައްމަދު އަސްވާން ހޯދިއިރު ތިން ވަނަ އަކީ ޖާއްޓެ އެވެ.

މެލޭޝިއާގައި އިއްޔެ ނިމުނު މި އަހަރުގެ ޓިއޮމަން ފެސްޓިވަލުގައި، ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރުގެ ސާފަރުން ބައިވެރިވި ބޮޑީބޯޑިން ކެޓަގަރީގައި ފައިނަލުގައި ކުޑައައްޔަ އާއި ޖާއްޓެ ކުރި ހޯދީ މެލޭޝިއާގެ ދެ ސާފަރުންނާ ވާދަކޮށްގެންނެވެ.

ކުޑައައްޔަ ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި މެލޭޝިއާގެ ތިން ސާފަރުންނާ އެކު ވާދަކޮށް ގަދަ ދެ ސާފަރުންގެ ތެރޭ ހިމެނިގެންނެވެ. ޖާއްޓެ ފައިނަލުން ޖާގަ ހޯދީ ދެ ވަނަ ހީޓުގައި ރާއްޖޭގެ އަސްވާން މުހައްމަދާއި މުހައްމަދު އިހުސާން އަދި މެލޭޝިއާގެ ސާފަރަކާ ވާދަކޮށްގެންނެވެ.

މުބާރާތުގެ ޝޯޓްބޯޑް ކެޓަގަރީގައި ރާއްޖެ އާއި މެލޭޝިއާ އާއި ސިންގަޕޫރު އަދި އިންޑޮނީޝިއާ ސާފަރުން ވާދަކޮށް ރާއްޖޭގެ އަހުމަދު އަގީލް (އައްމަޑޭ) ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އޭނާ ކެޓީ އެ ކެޓަގަރީގެ އެއް ވަނަ އާއި ދެ ވަނައާ ވާދަކޮށްގެންނެވެ. ރާއްޖޭގެ އިބްރާހިމް އަޔާޒް ދެ ވަނަ ބުރުގައި ވާދަކުރި އެވެ.