05 ފެބުރުއަރީ 2019 - 07:36

ދެހާސް ސަތާރައިގައި ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" އިން އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ހޯދި ގްލިމޯ ޑެލް ޓޯރޯ ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމު "ސްކޭރީ ސްޓްރީޒް ޓް ޓެލް އިން ދަ ޑާކް" ގެ ޓީޒާ ޓްރެއިލާތަކެއް ދައްކާލައިފި އެވެ.
ފުރާވަރު ކުދިންތަކަކަށް ދިމާވާ މި ބިރުވެރި ފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އެވެ. ޓީޒާތައް ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މިއީ ސިނަމާ ހޯލްތަކުގައި ބެލުންތެރިން ބިރުން ފިތްކެނޑޭ ކަހަލަ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ.
ގްލިމޯ އާއި "ލެގޯ މޫވީ" ގެ ސްކްރީން ރައިޓަރުން ކަމަށްވާ ޑެނިއަލް އާއި ކެވިން ހޭޖްމަން ފައްކާކޮށްފައިވާ "ސްކޭރީ ސްޓްރީޒް ޓް ޓެލް އިން ދަ ޑާކް" ޑައިރެކްޓްކޮށްފައި ވަނީ 2016 ވަނަ އަހަރު "ދި އޮޓޮޕްސީ އޮފް ޖޭން ޑޯއީ" ގެނެސް ދިން އެންޑްރޭ އޮވްރެޑެލް އެވެ.
މިއީ ހަމަ އެ ނަމުގައި އެލްވިން ޝްވާޒް ލިޔެފައިވާ ޓްރިލޮޖީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ސިއްރު މަރުތަކެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަތެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެކެވެ.
"ސްކޭރީ ސްޓޯރީޒް ޓް ޓެލް އިން ދަ ޑާކް" ގެ މައިގަނޑު ކާސްޓުންނަކީ މައިކަލް ގާޒާ، އޮސްޓިން އަބްރަމްސް، ގެބްރިއެލް ރަޝް، އޮސްޓިން ޒަޖޫ އަދި ނަޓަލީ ގަންޒޯން އެވެ.
"ދަ ޝޭޕް އޮފް ވޯޓާ" އަށް ފަހު ގްލިމޯ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމަކީ ނެޓްފްލިކްސްގެ "ޕިނޯކިއޯ" އެވެ.