03 ފެބުރުއަރީ 2019 - 12:51

އެލިއާއިން ޔަމަހާ ފްރީގޯ މޮޑެލް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ރާއްޖެއަށް ތައާރަފްކުރި އާ މޮޑެލްގެ ސައިކަލް އާންމުންނަށް ދައްކާލުމުގެ ގޮތުން ހުކުރު ދުވަހު ހާއްސަ ހަރަކާތެއް، ސިނަމާލެ ބްރިޖް ސަރަހައްދުގައި، އެލިއާ އިން ބޭއްވި އެވެ.
މި ހަރަކާތް ކުރިއަށްދިޔަ އިރު ޔަމަހާ ބްރޭންޑްގެ ހުރިހާ މޮޑެލެއްގެ ސައިކަލް އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި އެވަގުތު ސައިކަލް ނެގުމަށް ނަން ނޯޓު ކުރި މީހުންނަށް ޑައުން ޕޭމެންޓުގެ 50 ޕަސެންޓް ޑިސްކައުންޓް ލިބުނެވެ.
އެލިއާ އިން އިންސްޓޯލުމެންޓަށް ސައިކަލް ނެގިޔަސް އަމިއްލަ ނަންބަރު ބޯޑު ޖަހައިދެ އެވެ.