03 ފެބުރުއަރީ 2019 - 11:27

ސައުދީ އަރަބިއްޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އިވެންޓުކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓޫއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާނެ ކަމަށް، އެ ޖަމިއްޔާ އިން ބުނެފި އެވެ.
ސައުދީގެ ވެރިރަށް ރިޔާޒުގައި ބާއްވާ "ރިއާޒު ޓްރެވެލް ފެއާ" ކުރިއަށް ދާނީ މާޗު 20-22 އަށެވެ.
މިއީ މެދުއިރުމަތީގެ ގިނަ ގައުމުތަކުން ބައިވެރިވާ ޓްރެވެލްގެ އެންމެ ބޮޑު އެއް ފެއާ އެވެ. މި ފެއާގައި ޓޫރިޒަމް ދާއިރާގެ ތަފާތު ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އިންވެސްޓްމެންޓްތަކުގެ ފުރުސަތު ވެސް ހުޅުވެ އެވެ.
ރިއާޒަކީ މެދުއިރުމަތީގެ އެންމެ މުއްސަނދި އެއް ސިޓީ އެވެ. އަދި ދުނިޔޭގެ 80 ވަނަ އެންމެ މުއްސަނދި ސިޓީއަކީ ވެސް ރިޔާޒެވެ.
މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން މިދިއަ ހަތަރުގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
މަޓާޓޯ އިން މިހާރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ސައުދީ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.