ރާއްޖޭގެ ހަ އޮފިޝަލަކަށް ފްރީޑައިވިންގެ މަތީ ފާހެއް
ރާއްޖޭގެ ހަ އޮފިޝަލަކަށް ފްރީޑައިވިންގެ މަތީ ފާހެއް

ފްރީޑައިވިންގެ ބައިނަލްއަގްވާމީ ފެންވަރު މުބާރާތްތަކުގައި އޮފިޝަލްކަން ކުރެވޭ ފެންވަރަށް ރާއްޖޭގެ ހަ އޮފިޝަލަކު ތަމްރީންވެއްޖެ އެވެ.

ފްރީޑައިވިން އެސޯސިއޭޝަނާއި ބަނޑޮސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނީ ފްރީޑައިވިންގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކޯސްތަކެއް ކުރިއަށްގެންގޮސްފައިވާ އެލާނާ ކެސްކީ އެވެ.

ހަތް ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކޯހުގައި ބައިވެރިވީ ފަހުދު ފާއިޒު، ހުސެއިން ޝިފާޒް، މުހައްމަދު އަފްޒަލް، އަލީ އައްބާސް، މުހައްމަދު އަޔޫބް އަދި އަބްދުﷲ ސިވާދް އެވެ. މި ކޯސް ފުރިހަމަ ކުރުމާ އެކު މި ހަ އޮފިޝަލުން ވެފައިވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފްރީ ޑައިވިން އިން އިންޓަނޭޝަނަލް މުބާރާތްތަކުގައި އޮފިޝަލްކަން ކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ ހަ އޮފިޝަލުންނަށެވެ.

ރާއްޖޭގައި ފްރީޑައިވިން ކުރިއަރުވަން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް ގައުމީ ފެންވަރުގެ ފްރީޑައިވިން މުބާރާތެއް އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.