31 ޖެނުއަރީ 2019 - 10:54

ސައްހަ ނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން އިއްޔެ އާއްމު ކުރި ވީޑިއޯއިން ފެންނަނީ ދޮރެއް ހުޅުވާލާފައި ވަދެ ސިޑިއެެއްގެ ކައިރީ ހުރެގެން ފޯނުން ވާހަކަ ދައްކާ މީހަކާއި އޭނާގެ ފަހަތުން ވަންނަ އެހެން މީހެކެވެ. އެ ދެ މީހުން ހޯދަނީ ސައްހަ ނޫން ޑޮލަރު މާރުކުރި މައްސަލައެއްގައި ކަމަށް ވީޑިއޯއާ އެކު ޖެހި އިއުލާނުގައި ފުލުހުން ބުންޏެވެ. ނަމަވެސް އެ ދެމީހުން ހަރަކާތްތެރިވާތަން ވީޑިއޯއިން ފެންނަނީ ކޮން ސަރަަހައްދެއްގައި ކަމެއް ނުބުނެ އެވެ.
ބެލެވޭ ގޮތުގައި އެ މީހުން ހަރަކާތްތެރި ވަނީ މާލޭގެ ސަރަހައްދެއްގަ އެވެ.
އެ ދެ މީހުން ހޯދިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުންނާ ނުގުޅޭތީ އަދި ނޭނގެ އެވެ.