ފަސްޓް ލޭޑީގެ ބޮޑީގާޑުންނަށް އަންހެން ސިފައިން
ފަސްޓް ލޭޑީގެ ބޮޑީގާޑުންނަށް އަންހެން ސިފައިން

ފަސްޓް ލޭޑީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބޮޑީގާޑުންނަށް އަންހެން ސިފައިން ބޭނުންކުރަން ފައްޓަވައިފި އެވެ.

ފަސްޓް ލޭޑީގެ ބޮޑީގާޑުންނަށް އަންހެން ސިފައިން
ފަސްޓް ލޭޑީގެ ބޮޑީގާޑުންނަށް އަންހެން ސިފައިން

މިއީ، ރާއްޖޭގެ ފަސްޓް ލޭޑީއެއްގެ ބޮޑީގާޑުންނަށް އަންހެން ސިފައިން ބޭނުންކުރައްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

ފަސްޓް ލޭޑީގެ ބޮޑީގާޑުންނަށް އަންހެން ސިފައިން
ފަސްޓް ލޭޑީގެ ބޮޑީގާޑުންނަށް އަންހެން ސިފައިން

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަސްޓް ލޭޑީ ފަޒްނާ ވަޑައިގެންނެވިއިރު އެންމެ އަރުހުގައި ހުންނެވީ އަންހެން ބޮޑީގާޑެކެވެ. ނަމަވެސް ސެކިއުރިޓީ ޓީމުގައި ފިރިހެނުން ހަރަކާތްތެރިވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަސްޓް ލޭޑީ ފަޒްނާގެ ބޮޑީގާޑުންގެ ގޮތުގައި ކުރިއަށް އޮތްތަނުގައި ގިނައިން ބޭނުން ކުރަން ނިންމާފައިވަނީ އަންހެން ސިފައިންނެވެ.

ދައުލަތުގެ ވެރިންނަށް ސިފައިން ސެކިއުރިޓީ ދޭ ޓީމުގެ ތެރޭގައި ތަމްރީނު ހަދާފައިވާ ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި އަންހެން ބޮޑީގާޑުން އާއްމުކޮށް ބޭނުމެއް ނުކުރެ އެވެ.

ފަހަކަށް އައިސް ރައީސުންގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކޮށްފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނެވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެންނެވެ. ޔާމީން އަރިހުގައި ފަހުން ސިފައިން ހަރަކާތްތެރިވީ ހަތިޔާރާ ވެސް އެކުގަ އެވެ.