މޯދީގެ ރަނުގެ ކޯޓުގެ އަގު ދުނިޔޭގެ ރެކޯޑް ފޮތަށް
މޯދީގެ ރަނުގެ ކޯޓުގެ އަގު ދުނިޔޭގެ ރެކޯޑް ފޮތަށް

ނިއު ދިއްލީ (އޮގަސްޓް 23) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތުރުކުރައްވައިގެން ހުންނެވި ރަނުގެ ފަށް ދެމި ކޯޓުގެ އަގު ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.

މޯދީގެ ރަނުގެ ކޯޓުގެ އަގު ދުނިޔޭގެ ރެކޯޑް ފޮތަށް
މޯދީގެ ރަނުގެ ކޯޓުގެ އަގު ދުނިޔޭގެ ރެކޯޑް ފޮތަށް

މޯދީގެ ކޯޓުގައި ވަނީ އެމަނިކުފާނުގެ ނަން ރަނުން ފަށެއްގެ ގޮތަށް ލިޔެފަ އެވެ. ޖެނުއަރީ، 2015 ގައި އޮބާމާ އެކު ދިއްލީގައި ބޭއްވި ބައްދަލުވުމުގައި މޯދީ ތުރުކުރެއްވި ކޯޓުގައި ރަނުން އެ މަނިކުފާނުގެ ނަން ލިޔެފައިވާކަން އެނގުމާ އެކު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ކޯޓުގައި ރޮނގު ބަރިއެއްގެ ގޮތަށް ރަނުގެ އަކުރުން ލިޔެފައި ވަނީ "ނަރެންދުރަ ޑަމޮދާރްދާސް މޯދީ" އެވެ.

ނީލަމެއްގައި މި ކޯޓު ގަނެފައި ވަނީ މޯދީގެ އުފަން ސްޓޭޓް ގުޖުރާތުގައި ޖަވާހިރުގެ ވިޔަފާރި ކުރާ މަހުޖަނެއް ކަމަށްވާ ލާލްޖިބާއީ ޕަޓޭލް އެވެ. އޭނާ މި ކޯޓު ގަތީ 43،131،311 ރުޕީސް (642،426 ޑޮލަރު) އަށެވެ. މިއީ ވެރިއެއްގެ ކޯޓު ނީލަމެއްގައި ވިކުނު އެންމެ ބޮޑު އަގެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނީ ފެބްރުއަރީ 20، 2015 ގައި ޕަޓެލް ކޯޓު ގަނެފައި ވަނީ ނީލަމެއްގައި ވެރިއެއްގެ ކޯޓު ވިކުނު އެންމެ ބޮޑު އަގުގައި ކަމަށެވެ.

ކޯޓު ވިއްކާލައިގެން ލިބުނު ފައިސާ މޯދީ ވަނީ ގަންގާ ކޯރު ސާފުކުރަން ހުޅުވާފައިވާ ފަންޑަކަށް ހަދިޔާ ކުރައްވައިފަ އެވެ. ގަންގާ ކޯރަކީ ހިންދޫންގެ މެދުގައި މާތް ތަނެކެވެ.