30 ޖެނުއަރީ 2019 - 13:25

ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މަޑި ކަފާލި މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު، މާލޭ މަގުމަތީގައި ޕާކުކޮށްފައި ހުންނަ ސައިކަލާއި އެހެން ވެހިކަލްތަކަށް ގެއްލުން ދިނުމަކީ އާންމުވެފައިވާ ކަމެކެވެ.
އެގޮތުން ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގެ ލޯގަނޑާއި ސައިކަލު ކަވަރުގެ ބައިތަކާއި ޕެޓްރޯލް ވަގަށް ނެގުމަކީ އާންމު ކަމެކެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން، ފުރާވަރުގެ ކުދިންތަކެއް ސައިކަލެއްގެ މަޑި ކަފާލާ ވީޑިއޯއެއް ވެސް އާންމުވި އެވެ.