30 ޖެނުއަރީ 2019 - 09:59

މަރުވެފައި އޮތް ފިރިހެނަކު، މާލޭ ކަރާ މާރުކޭޓާ ދިމާލު މޫދުން މިއަދު ހެނދުނު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހެނދުނު 6:00 ހާއިރު ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ. އަދި އެ މީހާގެ އަތުގައި ހުރި ލިޔުންތަކަށް ބަލާއިރު އެއީ އިންޑިއާ މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ މަރުވެގެން ނަގާފައި އޮތް އިރު އަނގައިން އޮތީ ފޮނު ނިކުމެފަ އެވެ.
ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.