29 ޖެނުއަރީ 2019 - 15:45

އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިނާމަކަށް މޮޓޯ ސައިކަލެއް ދީފި އެވެ.
ޑިސެމްބަރުން ފެށިގެން ޖެނުއަރީ 15 އަށް ބޭއްވި މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނީ މ. ބީޗްކޯނާގެ، ފާތިމަތް އަމްހާ އެވެ.
އޭސް ހާޑްވެއާ އަށް ހަތް އަހަރު ފުރުމާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގައި 70 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ދީފައިވެ އެވެ. މީގެ އިތުރުން، ކޮންމެ 300 ރުފިޔާގެ ވިޔަފާރިއަކަށް ލަކީޑްރޯ ކޫޕަނެއް ދޫކޮށްފައިވެ އެވެ.
އޭސްހާޑްވެއާ އިން ބުނީ މިފަދަ އަގުހުރި އިނާމުތަކަކާ އެކު އަދިވެސް "ވަރުގަދަ ޕްރޮމޯޝަންތައް" ވަރުގަދަ ޕްރޮމޯޝަންތައް އެބަހުރި ކަމަށެވެ. އެގޮތުން ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް މެދުވެރިކޮށް ބާއްވާ ޕްރޮމޯޝަންތައް ކޮންމެ މަހަކު އަގުހުރި އިނާމުތައް ދޫކުރެ އެވެ.
އޭސް ހާޑްވެއާ ހުޅުވާފައިވަނީ 2011 ވަނަ އަހަރު އެވެ. މިއީ އެމެރިކާގެ ޝިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމއްގެ ދަށުން ހިންގަމުން އަންނަ ވިޔަފާރިއެކެވެ.