30 ޖެނުއަރީ 2019 - 07:36

އެންޓޯނިއޯ ލަ ކާވާ ދެކޭ ގޮތުގައި ފޮތާ ނުލައި ނުވަތަ ކިޔުންތެރިކަން ނެތި އުޅުމަކީ ވަރަށް ބޮޑު އެކަނިވެރި ކަމަކަށް ވާނެ އެވެ. އެހެންވެ އޭނާގެ މޮޓޯއަކީ "ކިޔަމާ ހިނގާށޭ" އެވެ.

އިޓަލީގެ ތަންކޮޅެއް އެކަހެރި ސަރަހައްދުތައް ކަމަށްވާ ސެން ޕައޯލޯ އަލްބެނީސް ފަދަ އަވަށްތަކަށް އެންޓޯނިއާ އަންނަނީ ތަފާތު ގޮތަކަށް ލައިބްރަރީއެއްގެ ހިދުމަތް ދެމުންނެވެ. ކިޔައިލާނެ ފޮތް ނުލިބޭ ހިސާބުތަކުގެ ކުދިންނަށް ހާއްސަކޮށްގެން އޭނާ ދޭ ހިދުމަކީ ދުއްވާ ލައިބްރަރީގެ ހިދުމަތެވެ. އެންޓޯނިއޯގެ، ތިން ފޮރޮޅުލީ ކުޑަކުޑަ ވެހިކަލް ބަދަލުކޮށްލައިފައި ވަނީ ފޮތުން މުއްސަނދިކޮށްފައިވާ ކުޑަވަރެއްގެ ލައިބްރަރީއަކަށެވެ. އެއަށް ދީފައިވާ ނަމަކީ "ބިބްލިއޯމޮޓޯކާރޯ" އެވެ.

ހާހަކާ ގާތް ކުރާ އަދަދަޖަށް ފޮތް އެކުލެވޭ، ދުވާ ލައިބްރަރީއާއާ އެކު، ކުރިން ޓީޗަރަކަށް އުޅުނު އެންޓޯނިއޯ ކޮންމެ ދުވަހަކު ވެސް އަވަށްތަކަށް ދަތުރުކުރެ އެވެ.
"އަހަރެންގެ އެންމެ ބޮޑު މަގުސަދަކީ ފޮތްތައް ކިޔައިލާނެ ފުރުސަތު ހޯދައި ދިނުން. ފޮތް ކިޔުމާ ނުލައި އުމުރު ހޭދަކުރަން ޖެހުމަކީ ހަގީގަތުގައި ވެސް ވަރަށް ވޭން ހުރި އަދި ފޫހި ދިރިއުޅުމަކަށް ވާނެ،" އޭނާ ބުންޏެވެ. "މި ދުވާ ލައިބްރީގެ ހިދުމަތް އަހަރެން ފެށި ކިޔައިލާނެ ފޮތް ނުލިބޭ ހިސާބުތަކުގައި ދިރިއުޅޭ އާބާދީ އަށް ފިތް ކިޔައިލަން މަގުފަހިކޮށް ދޭން"
އެންޓޯނިއާ ދެކޭ ގޮތުގައި މިއީ ހަމައެކަނި އިޖުތިމާއި ހިދުމަތެއް ނޫނެވެ.
"މިއީ ފަރުދެއްގެ ހައިސިއްޔަތުން ވެސް އަހަރެންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރާ ކަމެއް،" އޭނާ ބުންޏެވެ.
"ބިބްލިއޯމޮޓޯކާރޯ" ގެ ހިދުމަތަކީ ހަގީގަތުގައި ވެސް އެތައް ކުދިންނަކަށް އުފާވެރި ގެނުވައިދޭ ކަމެކެވެ. އޭތި ދަތުރު ކުރާ އަވަށްތަކުގެ ކުދިން ލައިބްރަރީ ދުރުން ފެންނަ އިރަށް، ދުވެ، ގޮސް ވަށައިލަ އެވެ. މި މަންޒަރުން އެންޓޯނިއޯގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވަ އެވެ.
"ކުދިން އައިސް ފޮތްތައް ނަގައިގެން ކިޔަން ފެށީމަ އެ ލިބޭ އުފާ ބުނެދޭން ވެސް ނޭނގޭ،" އޭނާ ބުންޏެވެ. "އެއްވެސް ކުއްޖަކީ ތައުލީމުން މަހުރޫމުވާން ޖެހޭ ކުއްޖެއް ނޫން."