ނިއޯމީ ވަޓްސް އަށް "ގޭމް އޮތް ތުރޯންސް" ގެ ޕްރިކްއެލް ޝަރަފަކަށް
ނިއޯމީ ވަޓްސް އަށް "ގޭމް އޮތް ތުރޯންސް" ގެ ޕްރިކްއެލް ޝަރަފަކަށް

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް: ގެ ޕްރިކްއެލް އިން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބަތަލާ ނިއޯމީ ވަޓްސް ބުނެފި އެވެ.

އުމުރުން 50 އަހަރުގެ ބަތަލާއާ އެކު "ގޭމް އޮފް ތުރޯންސް" އިން އާ ކާސްޓެއް ވެސް ފެނިގެންދާ އިރު، އޭނާ ބުނީ އޭގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައިވާ ކަމަށެވެ. ނަމަވެސް ވެރައިޓީން ޕްރިކްއެލްއާ ބެހޭ ގޮތުން ކުރި އެއްވެސް ސުވާލަކަށް ނިއޯމީ ވަނީ ސީދާ ޖަވާބު ދޭން އިންކާރުކޮށްފަ އެވެ.

އޮސްޓްރޭލިއާ އަށް އުފަން ބަތަލާ ބުނީ "ތިއުޅެނީ ކޮނެގެން އޮފް ގޭމް ތުރޯންސް ވާހަކަ ދައްކުވަން" ކަމަށާއި "އެކަމަކު އަދި ތަފުސީލެއް ނުދޭނަން" ކަމަށެވެ.

"ނެތް އަދި އެއްވެސް ތަފުސީލަކަށް ދެވޭކަށް. އެކަމަކު ބުނަން އޮތް ވާހަކައަކީ ޕްރިކްއެލް ވާނީ ޝައުގުވެރިވާނެ އެތައް ކަމަކުން ފުރިގެންވާ ކަހަލަ އެެއްޗަކަށޭ،" މިހާރު ކުރިއަށްދާ ސަންޑާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރި ފިލްމު "ލޫސް" ގެ ބަތަލާ ބުންޏެވެ.

ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް "ގޭމް އޮފް ތުރޯންސް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި އެޗްބީއޯ އިން ހާމައެއް ނުކުރެ އެވެ. އެހެންވެ މީގެ ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނާ ހަމައަށް ސިލްސިލާ އަންނާނެ އިރެއް އަދި ނޭނގެ އެވެ.

ނިއޯމީއާ އެކު ޕްރިކްއެލް އިން ފެނިގެން ދާނެ މައިގަނޑު ކާސްޓުންނަކީ ވައިޓްހައުސް، ނައޯމީ އޭކީ، ޖެމީ ކޭމްޕްބެލް ބޯއާ، ޝީލާ އެޓިމް، އިވާނޯ ޖެރެމިއާ، ޖީޖޯ ހެންލީ، އެލެކްސް ޝާޕް އަދި ޓޯބީ ރެގްބޯ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރުގެ ވާހަކަ ވެސް ބިނާ ކުރާނީ ކުރިން ގެނެސް ދިން ސިލްސިލާގެ ވާހަކަ ވެސް ލިޔުނު ޖޯޖް އާރްއާރް މާޓިންގެ ވާހަކަ "ފަޔާ އެންޑް ބްލަޑް" އަށެވެ. މީގައި ކިޔައި ދެނީ "ގޭމް އޮފް ތުރޯންސް" ގެ ކުރީގެ ބައިތަކުގައި ކިޔައި ދިން ހާދިސާތަކުގެ 300 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެކެވެ. ޕްރިކްއެލް ޑައިރެކްޓް ކުރާނީ އެސްޖޭ ކްލާކްސަން އެވެ.

"ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަން އަދި ފަހު ސީޒަން އެޗްބީއޯ އިން އަންނަ މަހުގެ 14 ގައި ގެނެސް ދޭން ފަށާނެ އެވެ.