ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި
ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި

ކ.އެނބޫދޫ ފިނޮޅުގައި ހިންގާ، ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ ވޯޓާ ވިލާ ފަސް ކޮޓަރީގައި ރޯވެ، އަނދައި ހުލިވެއްޖެ އެވެ.

ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި
ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި

މާލެ އަށް ފެންނަ ހިސާބު ކައިރީގައި އޮންނަ އެ ރިސޯޓުގައި ރޭ ފަތިހު 5:00 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު ހައެއް ޖެހި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި
ތާޖް ރިސޯޓުގައި ރޯވެ ފަސް ކޮޓަރި އަނދައިފި

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެ އެވެ. ނަމަވެސް އެ ފަސް ކޮޓަރިވެ ސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ ރިސޯޓަށް ނުގުޅޭތީ ގެއްލުންތަކުގެ ތަފްސީލެއް ނޭނގުނެވެ.

ހާދިސާ އަށް ފަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެ ރިސޯޓަށް ވަޑައިގެން ގެއްލުން ބައްލަވައިލައްވައިފަ އެވެ.

މިމަހު ކުރީކޮޅު ވަނީ، ޕެރެޑައިސް ކައިރީގައި އޮންނަ ގިލި ލަންކަންފުށި ރިސޯޓުގެ މޫދު ކޮޓަރިތަކެއްގައި ރޯވެ އެ ރިސޯޓްގެ ގިނަ ކޮޓަރިތަކެއް އަނދައި އަޅިއަށް ވެފަ އެވެ.