29 ޖެނުއަރީ 2019 - 11:20

ޕިއްޒާ ކޮމްޕެނީ އިން "ސްނޯވީ ޗޮކޯ ޕިއްޒާ" ތައާރަފްކޮށްފި އެވެ.
މި ޕިއްޒާ އަކީ ޑެޒާޓް ޕިއްޒާއެކެވެ. މިއީ މިފަދަ ބާވަތެއްގެ ޕިއްޒާއެއް ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މި ޕިއްޒާ ތައްޔާރުކޮށްފައި ވަނީ ޗޮކްލެޓާއި ނެޓެއްލާ އާއި ޗޮކޮލެޓް ބްރައުނީގެ އިތުރުން އާލްމަންޑާއި މާޝްމެލޯ ހިމެނޭ ގޮތަށެވެ.
ތަފާތު ރަހަތަކުގެ ޕިއްޒާތައް ޕިއްޒާ ކޮމްޕެނީން މިހާރު ވެސް އާންމުންނާ ހަމަޔަށް ފޯރުކޮށްފީފައިވާ އިރު މިއީ ތައާރަފްކުރި އެންމެ ތަފާތު ފްލޭވާގެ ޕިއްޒާ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޕިއްޒާ ކޮމްޕެނީގެ އައުޓްލެޓްތައް ހުރެ އެވެ. އެ ކުންފުނީގައި އެންމެ ސީނިއާ ގިނަ މުވައްޒަފުންނަކީ ދިވެހިންނެވެ. އެގޮތުން މުޅި ޖުމްލަ 25 ދިވެހިން ޕިއްޒާ ކޮމްޕެނީގައި މަސައްކަތް ކުރެ އެވެ.
ޕިއްޒާ ކޮމްޕެނީ ރާއްޖޭގައި ހިންގަނީ މައިނާ ފުޑް ގްރޫޕުންނެވެ. އެ ކުންފުނިން ފަސް ބްރޭންޑެއް ރާއްޖެ އަށް ވަނީ ގެނެސްފަ އެވެ. އެގޮތުން ޕިއްޒާ ކޮމްޕެނީގެ އިތުރުން ބާގާ ކިންގާއި ދަ ކޮޕީ ކްލަބް އަދި ތައި އެކްސްޕްރެސް އާއި ޑެއިރީ ކުރީން ވެސް ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ.