28 ޖެނުއަރީ 2019 - 13:52

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިންނަށް ފައިސާގެ އިނާމް ހަވާލުކޮށްފި އެވެ.
ނޮވެމްބަރު 15، 2018 އިން ޖެނުއަރީ 15، 2019 ގެ ނިޔަލަށް، ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދިޔަ ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ތިން ވަނައަށް ދިޔަ ފަރާތަށް 20،000ރ. ގެ އިނާމު ލިބިފައިވެ އެވެ. ދެވަނައަށް 30،000ރ. އަދި އެއް ވަނަ އަށް 50،000ރ. ވަނީ ލިބިފަ އެވެ.
ރެޑްވޭވުން ބުނީ އަހަރީ ބާޒާރު ވަރަށް ކާމިޔާބު ކަމަށާއި ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގެ އިތުރަށް މި އަހަރު ވެސް ރެޑްވޭވް "ރޯދަ ސޭލް" ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.