28 ޖެނުއަރީ 2019 - 00:52

ނެޝެނަލް ޕޭ ކޮމިޝަންގައި ތިއްބެވި ބޭފުޅުން ވަކިކުރައްވައި އެ ކޮމިޝަނަށް ހަތަރު ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.
މަރިޔަމް ނިޔާފް މުހައްމަދު، ހ. ނީލަމް
އަފާފް އިބްރާހިމް، ވިލިނގިލީ، މިންނަތް
އަބްދުﷲ އަލީ، ހދ. ހަނިމާދޫ ރޯނުގެ
ފާތިމަތު ޝަނާ ފާރޫގް، މ. ލަންސިމޫގެ
ޕޭ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. ނައިބު ރައީސަަކަށް އައްޔަން ކުރައްވާފައި ވަނީ މަރިޔަމް ނިޔާފެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގައި ބުނެފައިވަނީ ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެ މީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށެވެ.