27 ޖެނުއަރީ 2019 - 22:12

ރާއްޖެ އަށް އެންމެ ފުރަތަމަ ފްރޯޒަން ޗިކަން އެތެރެކުރަން ފެށި ހެޕީމާކެޓަށް 27 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޕީ މާކެޓުން ވިއްކާ ކުކުޅު ވަރަށް ބޮޑުތަން އަގު ހެޔޮކޮށްފި އެވެ.
އެތަނުން ބުނިގޮތުގައި ކުކުޅު ކޭހަކުން 30 ރުފިޔާ ވަނީ އަގުހެޔޮ ކޮށްފަ އެވެ. ހެޕީމާކެޓުން ދަނީ 3 ގައުމެއްގެ ކުކުޅު ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކަމުންނެވެ. އޭގެ ތެރޭގައި ބްރެޒީލް އިން އިންޕޯޓް ކުރާ ސިއެރާ ޗިކަން އަދި ފްރެންގެސޯލް، ރަޝިޔާ އިން އިމްޕޯޓް ކުރާ އަން ނޫރް އަދި އިންޑިއާ އިން އިމްޕޯޓް ކުރާ ވެންކީސް ކުކުޅު ހިމެނެ އެވެ.
ހެޕީމާކެޓުން ބުނިގޮތުގައި އެ ތިން ބްރޭންޑްގެ ހޯލް ޗިކަންގެ 800 ގްރާމާއި 900 ގްރާމާއި 1000 ގްރާމާއި 1200 ގްރާމާއި 1400 ގްރާމް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އެންމެ ކޮލިޓީ ރަނގަޅު ޗިކަން ލިވާ، ޗިކަން ތައި، ޗިކަން ޑްރަމްސްޓިކް، ޗިކަން ސޮސެޖް، ޗިކަން ނަގެޓްސް، ޗިކަން ގިޒާޑްސް، ޗިކަން ވިންގްސް ވެސް ވަރަށް އަގުހެޔޮކޮށް ހެޕީ މާކެޓުން ދަނީ ވިއްކަމުންނެވެ.
މިވަގުތު ރާއްޖޭގެ މާކެޓްގައި ތަފާތު އެކި ބްރޭންޑްގެ ކުކުޅު ލިބެން ހުންނައިރު، ހެޕީ މާކެޓުން ކުކުޅު އަގުހެޔޮ ކުރުމުން، މިވަގުތު އެންމެ އަގުހެޔޮކޮށް ކުކުޅު ވިއްކާ ބަޔަކަށް ހެޕީމާކެޓް ވާނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަތާ 27 އަހަރުވެފައިވާ އިރު، ހެޕީމާކެޓުން ދަނީ އެކި މުނާސަބަތުތަކާ ގުޅިގެން ބައެއް ހާއްސަ ޕްރީމިއަމް ބްރޭންޑްތަކުގެ އަގު ހެޔޮކޮށް ވިއްކަމުންނެވެ.
މިގޮތުން އެންމެ ފަހުން އަގު ހެޔޮކޮށްފައިވަނީ ހެޕީމާކެޓުން އޮތޮރައިޒް ޑިސްޓަރިބިއުޝަން ރައިޓްސް ލިބިގެން ވިއްކަމުން އަންނަ ޓެބެސްކޯ ސޯސް އެވެ. މީގެ އިތުރުން، އޯލްޑަންބާގަ ބްރޭންޑްގެ ޕޯޝަން ބަޓަ އަދި ލޯފެޓް މިލްކް ހިމެނެ އެވެ.