27 މެއި 2016 - 17:12

ކާނާގެ ބާވަތްތައް ރާއްޖެ އެތެރެކޮށް މާކެޓްކުރާ ޕިރަމިޑުން ތައްޔާރީ ރޮށި ތައާރަފްކޮށްފި އެވެ.
އެ ފިހާރަ އިން ތައާރަފުކުރި ޓޯޓިޔާ އަކީ ޔޫރަޕާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި ބޭނުން ކުރާ ރޮށީގެ ބާވަތެކެވެ. ބަލާ ބެލުމަށް ދިވެހިން ފިހާ ރޮށްޓާއި އިންޑިއާ މީހުން ތައްޔާރުކުރާ ޗަޕާތީއާ އެއްވެސް ތަފާތެއް ނުހުންނާނެ އެވެ.
ޕިރަމިޑުން ބުނި ގޮތުގައި ސްޕެއިންގެ މި މޮޅު އުފެއްދުން ޕެކެޓުން ނުކަނޑާހާ ހިނދަކު ފިނިކުރާކަށް ނުޖެހޭނެ އެވެ. އާއްމު ގޮތެއްގައި ކަބަޑުގައި ބެހެއްޓިޔަސް އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ޕްރޮޑަކްޓަކީ ރޯދަ މަހަށް ހާއްސަކޮށް ޕިރަމިޑުން ތައާރަފް ކުރި އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ޕްރޮޑަކްޓެއް،" ޕިރަމިޑުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޕިރަމިޑުން ވަނީ ދެ ސައިޒެއްގެ ޓޯޓިޔާ ތައާރަފްކޮށްފަ އެވެ. އެއީ ވަށަ މިނުގައި ހަ އިންޗި އަދި 10 އިންޗި ހުންނަ ވައްތަރެވެ.
ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ފަރާޓާ ތައްޔާރު ކުރާ ގޮތާ ޓޯޓިޔާ ހަދާ ގޮތާ އެއްވެސް ތަފާތެއް ނެތެވެ. ޕެކެޓު ކެނޑުމަށް ފަހު ތަވައެއްގައި ހޫނުކޮށްލުމުން ޓޯޓިޔާ ތައްޔާރު ކުރެވުނީ އެވެ. ރޮށި ކާ ގޮތަށް ނޫނީ އެތެރެއަށް ފިލިންއެއް އަޅައިގެން ވެސް ޓޯޓިޔާ ކެވޭނެ އެވެ.