އަމިއްލަ ބަޔަކު ދިވެހި ފޮޓޯގްރާފަރުންތަކެއް ބޭރުން ތަމްރީން ކޮށްފި: މިނިސްޓަރު
އަމިއްލަ ބަޔަކު ދިވެހި ފޮޓޯގްރާފަރުންތަކެއް ބޭރުން ތަމްރީން ކޮށްފި: މިނިސްޓަރު

ރިސޯޓުތަކުގައި ފޮޓޯ ނަގަން އުޅޭ 60 އަށްވުރެ ގިނަ ބިދޭސީ ފޮޓޯގްރާފަރުންގެ ބަދަލުގައި އަމިއްލަ ކުންފުންޏަކުން އެ މަގާމަށް ދުބާއީން ދިވެހިން ތަމްރީން ކޮށްފި އެވެ.

އަމިއްލަ ބަޔަކު ދިވެހި ފޮޓޯގްރާފަރުންތަކެއް ބޭރުން ތަމްރީން ކޮށްފި: މިނިސްޓަރު
އަމިއްލަ ބަޔަކު ދިވެހި ފޮޓޯގްރާފަރުންތަކެއް ބޭރުން ތަމްރީން ކޮށްފި: މިނިސްޓަރު

ބިޒްނަސް ސާވިސް އޭޖެންޓުން ކަނޑައަޅައި އެ މީހުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފޮޓޯގްރާފަރުން ގެންގުޅޭ ބިދޭސީ ކުންފުންޏަކުން މީގެ ކުރިން 65 ބިދޭސީ ފޮޓޯގްރާފަރުން ގެންގުޅުނު ކަމަށާއި ނަމަވެސް އެ މީހުން ވަނީ އޭގެ ބަދަލުގައި ދިވެހި ފޮޓޯގްރާފަރުން ދުބާއީން ތަމްރީނުކޮށްފައި ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އަމިއްލަ ބަޔަކު ދިވެހި ފޮޓޯގްރާފަރުންތަކެއް ބޭރުން ތަމްރީން ކޮށްފި: މިނިސްޓަރު
އަމިއްލަ ބަޔަކު ދިވެހި ފޮޓޯގްރާފަރުންތަކެއް ބޭރުން ތަމްރީން ކޮށްފި: މިނިސްޓަރު

ރިސޯޓުތަކުގައި ފޮޓޯނަގަން އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމަކީ ފަސޭހަކަމެއް ނޫންކަން ފޮޓޯގްރާފަރުން ވެސް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ފޮޓޯ ނަގަން ވިސާއަށް އެދުނަސް ވިސާ ދޫކުރަމުން ނުގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މީހަކު ކެމެރާއެއް ހިފައިގެން އައިސްފައި ފޮޓޯ ނަގާފައި އޭނާ ކޮމާޝަލައިޒް ކޮށްދެވޭނީ ކޮންއިރަކު ކަމެއް އަޅުގަނޑުމެންނަށް ފަހަރުގައި ނޭނގިދާނެ. އެކަމަކު އެ ދާއިރާގައި އުޅޭ ކުދިން ވެސް ގަބޫލުކުރާ އެއް ހަގީގަތެއް އެބައޮތް. އެއީ އެ ކުދިންނަށް ލިބޭ އާމްދަނީ ދެ ގުނަ ތިން ގުނަ އިތުރުވެފައިވާކަން،" އައިޖީއެމްއެޗްގެ އޯކިޑް މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ބިދޭސީ ފޮޓޯގްރާފަރުން މަސައްކަތްކުރަމުން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ފޮޓޯގްރާފަރުން ވެސް ފާހަގަކުރި އެވެ.