26 ޖެނުއަރީ 2019 - 14:41

ޕޯސްޓުން ރާއްޖެ އަށް ގެނައި ޕާރުސަލްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި މަސްތުވާތަކެތި ހޯދައި އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ބުނީ ޕޯސްޓް މެދުވެރިކޮށް، ބެލްޖިއަމުން ރާއްޖެއަށް އެތެރެ ކުރީ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ 1943 ގުޅަ (ބަރުދަނުގައި 1.5 ކިލޯ) ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގެން އެ ތަކެތި ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ އަށް ޕޮޒިޓިވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، އަތުލައިގެން މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ރާއްޖެ އަށް އާންމު ގޮތެއްގައި އެތެރެ ކުރަނީ ހެރޮއިން އާއި ކެނަބިސް ކަމަށް ވާ އިރު، އެކްސްޓަސީއަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވަރަށް ގިނަ އިން ބޭނުން ކުރާ މަސްތުވާ އެއްޗެކެވެ.