26 ޖެނުއަރީ 2019 - 12:46

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ފަސް ކިލޯމީޓަރު ދުވުމުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަމުގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ގިނަ އަދަދެއްގެ ދުވުންތެރިން ވެސް ބައިވެރިވި އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

"ކޮކާ ކޯލާ ރަން އިން ލާމު" އިއްޔެ ފައްޓަވައި ދެއްވީ ވެސް ރައީސް އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައެއް ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކުރައްވައި ޔޫތު ސެންޓަރުތަކަށް ވަޑައިގެންނެވި އެވެ. އަދި ކައުންސިލް މެމްބަރުންނާއި ބައެއް ޒުވާނުންގެ ހުރި ޝަކުވާތައް ރައީސް ވަނީ އަޑުއައްސަވައިފަ އެވެ.
ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މިއަދެވެ.