26 ޖެނުއަރީ 2019 - 11:35

މެންޗެސްޓާ (ޖެނުއަރީ 26) - އަޔަކްސްގެ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ގަންނަން މެންޗެސްޓާ ސިޓީން ކުރި މަސައްކަތް ހުއްޓާލީ ހާއްސަ ސަބަބެއް އޮތުމުން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޑި ޔޮން ބާސެލޯނާ އަށް ސޮއިކުރީ 74 މިލިއަން ޕައުންޑަށެވެ. މުސާރައިގެ ގޮތުގައި އޭނާ އަށް ހަފްތާ އަކު މަދުވެގެން 300،000 ޕައުންޑް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ޑި ޔޮން ވަނީ ޕީއެސްޖީ އާއި ސިޓީއާ އެކު މަޝްވަރާކޮށްފަ އެވެ. ޑި ޔޮން ވަނީ ސިޓީގެ ކޯޗު ގާޑިއޯލާއާ ވެސް ވާހަކަ ދެއްކި ކަމަށް ބުނެފަ އެވެ.
ގާޑިއޯލާ ބުނީ ޑި ޔޮން ނުގެނައީ ކްލަބްގެ މަސްލަހަތަށް ވިސްނުމަށް ފަހު ކަމަށެވެ.
"އަހަރެމެން ބޭނުން މުސާރައިގެ ސަބަބުން ކްލަބްގެ ކުޅުންތެރިންގެ މެދުގައި ދެބަސްވުމެއް އޮންނަން. އެއީ އަލަށް އަންނަ ޒުވާން ކުޅުންތެރިއަކަށް ބޮޑު މުސާރައެއް ހުށަހަޅައިގެން އަހަރެމެން ބޭނުމެއް ނޫން މުޅި ޓީމުގެ މަސްލަހަތަށް އަސަރުކުރަން،" ގާޑިއޯލާ ބުންޏެވެ.
"މުސާރަ ދޭއިރު އެންމެ މުހިއްމުމަކީ މުޅި ޓީމުގެ މަސްލަހަތު ހިފެހެއްޓުން. ކުރިން ބޮޑު އަގުގައި ކުޅުންތެރިން ގަނެގެން ޝަކުވާ އައީ ޕީއެސްޖީ އާއި ސިޓީއާ މެދު. މިހާރު ހުރިހާ ޓީމަކުން ކަންތައް ކުރަނީ އެ ގޮތަށް."
މިިދިޔަ އަހަރުގެ ޖެނުއަރީ މަހު ސިޓީން އަލެކްސިސް ސަންޗޭޒް ނުގެނައީ އޭނާ ކިޔާ މުސާރަ އަގުބޮޑުވުމުންނެވެ. ސިޓީއާ ނުގުޅި ހަފްތާ އަކު 400،000 ޕައުންޑަށް ސަންޗޭޒް ގުޅުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.
ގާޑިއޯލާ ވަނީ ސަންޗޭޒްގެ އެ ޑީލާ ބެހޭގޮތުން ނުސީދާ ގޮތަކަށް ވާހަކަ ދައްކައިފަ އެވެ.
"އަހަރެމެން މާޒީން އިބްރަތް ލިބިގަނެފިން. އަހަރެމެން އެއް ފަހަރު އެއް ކުޅުންތެރިއަކަށް ބޮޑު މުސާރައެއް ނުދިނުމުގެ ގޮތުން ނުގަނެ ދޫކޮށްލައިފިން. އޭނގެ ފައިދާ ވަރަށް ރަނގަޅަށް ކޮށްފި. އަނެއްކޮޅުން އެ ކުޅުންތެރިއާ ބަދަލުވި ޓީމުން ފެނުނީ މައްސަލަތަކެއް ޖެހުނުތަން،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ސިޓީގައި މި ވަގުތު އޮތް ސްކޮޑާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ޓީމު ރަނގަޅު ހާލަތެއްގައި އޮއްވައި އިތުރު ކުޅުންތެރިން ގެނައުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުދެކޭ ކަމަށެވެ.