އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރަން ނުވަ ކުންފުންޏެއް ހަމަޖައްސައިފި
އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރަން ނުވަ ކުންފުންޏެއް ހަމަޖައްސައިފި

އިކޮނޮމިކް މިނިސްޓްރީން އާއްމުންނަށް ދެމުން އަންނަ ހިދުމަތްތައް ފަސޭހަކޮށްދިނުމަށްޓަކައި ނުވަ ކުންފުންޏެއް ބިޒްނަސް ސާވިސް އޭޖެންޓުން (ބީއެސްއޭ)ގެ ގޮތުގައި މިއަދު ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރަން ނުވަ ކުންފުންޏެއް ހަމަޖައްސައިފި
އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރަން ނުވަ ކުންފުންޏެއް ހަމަޖައްސައިފި

އައިޖީއެމްއެޗްގެ އޯކިޑް މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނުވަ ފަރާތާ ލިޔުން ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ނުވަ ކުންފުންޏަކީ އެކްރޫ ޕްލަސް، އޭއެޗް އެންޑް އެސޯސިއޭޓްސް، ސީޓީއެލް ސްޓްރެޖީސް، އާންސްޓް އެންޑް ޔަންގް، ވަކީލް ޗެމްބާސް، މީމިޒަން، އެފްޖޭއެސް ކޮންސަލްޓިން، ސަމަދު ކޮމްޕެނީ އަދި ޕްރޮޕާ އޮޑިޓެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޮމްޕެނީ ރެޖިސްޓްރާ މަރިޔަމް ވިސާމް ވިދާޅުވީ ބިޒްނަސް ސާވިސް އޭޖެންޓުންނަށް ވާން ހުޅުވާލުމުން 11 ކުންފުންޏަކުން ކުރިމަތިލި ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލަށް ބެލުމަށްފަހު ހުއްދަ ދިނީ ނުވަ ކުންފުންޏަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުއްދަ ދިން ނުވަ ކުންފުނިތަކުގެ ތެރޭގައި ޝަރުއީ ދާއިރާއާ ގުޅޭ މަސައްކަތްތަކާއި ޓެކްސްއާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކާއި އޮޑިޓް ފާމްތައް ހިމެނެ އެވެ.

މި ނުވަ ކުންފުނިން ވިޔަފާރިއާ ގުޅޭ 14 މަސައްކަތެއް ކޮށްދޭނެ އެވެ. އޭގެ ތެރޭގައި ހަތަރު ބާވަތުގެ ވިޔަފާރި ރަޖިސްޓްރީ ކޮށްދިނުމާއި އެކި ކަހަލަ ހުއްދައަށް އެ ކުންފުނިތަކުގައި އެދެވޭނެ އެވެ. މި ކުންފުނިތައް މަސައްކަތްތައް ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

އެ ކުންފުނިތަކުގެ ގާބިލްކަމާއި ކުރާ މަސައްކަތްތަކަށް ބަލާފައި އިކޮނޮމިކް މިނިސްޓްރީން ކުންފުނިތަކަށް ފައިސާ ދޭނެ ކަމަށެވެ.