ސައިރިކްސްގައި އައިޓީ ދާއިރާގެ މާސްޓާސް އާ ޕްރޮގްރާމެއް ފަށައިފި
ސައިރިކްސްގައި އައިޓީ ދާއިރާގެ މާސްޓާސް އާ ޕްރޮގްރާމެއް ފަށައިފި

ސައިރިކްސް ކޮލެޖުގައި، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މާސްޓާސް ފެންވަރުގެ އާ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ސައިރިކްސްގައި އައިޓީ ދާއިރާގެ މާސްޓާސް އާ ޕްރޮގްރާމެއް ފަށައިފި
ސައިރިކްސްގައި އައިޓީ ދާއިރާގެ މާސްޓާސް އާ ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގައި އަލަށް ފެށި، "ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް" އަށް ހާއްސަވާ މި ކޯސް ފައްޓަވައިދެއްވީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއު އެވެ.

އެ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓް އަނިލް އާދަމް "މިހާރު" އަށް ވިދާޅުވީ އެއް އަހަރު ދުވަހުގެ ކޯސް ފަރުމާކޮށްފައިވަނީ، އައިޓީގެ ބައިނަލްއަގުވާމީ ފެންވަރަށް ކަމަށެވެ.

އޭނާ ވިދާޅުވީ މާސްޓާސްގެ އާ ކޯހުގެ ސަބަބުން ރާއްޖެއަށް ވަރަށް ފައިދާކުރާނެ ކަމަށެވެ. އެގޮތުން އާއްމުންނަށް ދައުލަތުގެ އެކި މުއައްސަސާތަކުން ލިބެންޖެހޭ ރަނގަޅުކުރެވޭނެ ގޮތްތައް އެ ޑޭޓާތަކުން ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައުލޫމާތުތައް ބޭނުންކޮށްގެން ނިޒާމު ރަނގަޅުކުރެވޭނެ ގޮތެއް ނެތް ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން، މި ދަރިވަރުން ތައްޔާރުކުރަނީ އެކަހަލަ ކަންތައްތައް، އެ ޑާޓާތައް އެއްކޮށް އެއިން ރަނގަޅު ޕްރޮޑަކްޓްސްތަކެއް ނެރުމަށް،" އަނިލް ވިދާޅުވި އެވެ.

އައިޓީގެ ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް ކޯހުގެ ފުރަތަމަ ބެޗުގައި 17 ދަރިވަރުން ވަނީ ބަައިވެރިވެފަ އެވެ. އެކަމަކު ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެ ކޯހުގެ ފީއަކީ މަހަކަށް 3750ރ. އެވެ.

މީގެ 25 އަހަރުކުރިން އުފެއްދި ސައިރިކްސް އިން އަންނަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ތަފާތު އެކި ދާއިރާތަކުން 70 ކޯހެއް ހިންގަމުންނެވެ.