24 ޖެނުއަރީ 2019 - 14:09

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޝާހިދު ތިން ގައުމަކަށް ކުރައްވާ ދަތުރުގެ ތެރެއިން، އެމެރިކާއަށް ވަޑައިގެން، ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ. އަދި ނިއު ޔޯކުގައި ހުންނަ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ޝާހިދު ތަގުރީރުކުރައްވައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދަތުރުގައި ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ. އެ ގައުމުގެ ވެސް އިސް އޮފިޝަލުންނާ ބައްލުކުރެއްވުމަށް ފަހު އެމެރިކާއަށް ވަޑައިގެން އިސް އޮފިޝަލުންނާ ބައްދަލުކުރެއްވި އެވެ.
ޔޫއޭއީ އާއި އެމެރިކާގެ ދަތުރަށްފަހު އޭނާ ދެން ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ.