ނަސީބު އެކްސްޕްރެސް ލޯންޗް ދަތުރުތައް ހިންމަފުއްޓަށް
ނަސީބު އެކްސްޕްރެސް ލޯންޗް ދަތުރުތައް ހިންމަފުއްޓަށް

ނަސީބު އެކްސްޕްރެސްގެ ލޯންޗް ދަތުރުތައް މާލޭ އާއި ހިންމަފުއްޓާ ދެމެދު ފަށައިފި އެވެ.

ނަސީބު އެކްސްޕްރެސްގެ ވެރިޔާ އަލީ ޝިޔާރު ވިދާޅުވީ، ލޯންޗް ދަތުރުތައް ފެށީ މިދިޔަ މަހުގެ އެކެއްގައި ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކޮޅަކަށް ހަތަރު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުކުރު ދުވަހު އޮންނާނީ ކޮޅަކަށް ތިން ދަތުރު ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންނަށް ފެރީގެ ޚިދުމަތް ކޮޅަކަށް 100ރ. އަށް ކުރެވޭ އިރު ޓޫރިސްޓުންނަށް 10 ޑޮލަރަށް ފެރީން ދަތުރު ކުރެވެ އެވެ. ނަސީބު އެކްސްޕްރެސްގެ ލޯންޗު ދަތުރުތައް ފެށުމުގެ ކުރިން ވެސް ފެރީގެ ހިދުމަތް ފޯރުކޮށް ހިންމަފުއްޓަށް ފޯރުކޮށްދެ އެވެ. އެ ގޮތުން ހިއްމަފުއްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފޯރުކޮށްދޭތާ 25 ވަރަކަށް އަހަރު ވެފައިވާ ކަމަށް ޝިއާރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ޚިދުމަތްދޭން ފެށީ 45 ފޫޓުގެ ދޯންޏަކުންނެވެ. އޭގެ ފަހުން 70 ފޫޓުގެ ދޯންޏަކުން ޚިދުމަތް ދޭން ފެށުމަށް ފަހު ދެން ޚިދުމަތް ދޭން ފެށީ 82 ފޫޓުގެ ފައިބަރު ދޯންޏަކުންނެވެ.

ލޯންޗު ފެރީގެ ޚިދުމަތް ދޭން ފަށާފައިވާ އިރު މި ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޝިޔާރު ވިދާޅުވި އެވެ. ފެރީގެ ޚިދުމަތް ހޯދުމަށް 9991057 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.