ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި
ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި

ޕްރިމިއާ ލީގުގެ ކާޑިފް ސިޓީ އަށް ދާދި ފަހުން ސޮއިކުރި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ، އެ ކްލަބާ ގުޅެން ވޭލްސްގެ ކާޑިފަށް ހޯމަ ދުވަހުގެރޭ ދަތުރުކުރި ޕްރައިވެޓް ޖެޓް ގެއްލިފައިވާއިރު، އޭނާ ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދު މިހާރު ކުޑަ އެވެ. ބޯޓުމަތީ ހުރެ އޭނާ ވަޓްސަޕް މެދުވެރިކޮށް ފޮނުވި ފަހު މެސެޖްތަކުން ވެސް އެނގޭ ގޮތުގައި، ބޯޓު "ތޫފާނެއްގައި" ޖެހުމުން އޭނާ ވެސް ހުރީ ސަލާމަތްވާނެ ކަމުގެ އުއްމީދު ގާތްގަނޑަކަށް ކަނޑާލައިގެންނެވެ.

ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި
ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި

ސަލާ ދަތުރުކުރަމުން ދިޔަ ޖެޓް ގެއްލުނީ ގޯންސީ ޗެނަލް އައިލެންޑުގެ ލައިޓް ހައުސް ކައިރިންނެވެ. ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. އެ ތަނަކީ މީގެ ކުރިން ވެސް އެކި ހާދިސާތައް ހިނގާފައިވާ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެޓް އޮފީސްގެ ރިޕޯޓްތައް ބުނާގޮތުން ހާދިސާ ހިނގި ދުވަހު ގޯންސީ ޗެނަލް އައިސްލެންޑު ސަރަހައްދުގެ މޫސުން ރަނގަޅެއް ނޫނެވެ.

ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި
ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި

ގެއްލުނު ޖެޓްގައި ސަލާ ހުރިކަން ފްރާންސްގެ ސިވިލް އޭވިއޭޝަނުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކާޑިފަށް ބަދަލުވި ސަލާ ސޯޝަލް މީޑިއާގައި އެންމެ ފަހުން ހިއްސާކުރި ފޮޓޯގައި ވަނީ އޭނާ މިހާރު ކުޅެމުން އަންނަ ނޯންޓެސްގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ހިއްސާކޮށްފަ އެވެ.

ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި
ސަލާ ބޯޓުގައި ހުރީ ވެސް ބިރުވެރިކަމެއްގެ ތެރޭގައި

އެކަމަކު މިހާރު ސަލާގެ އާއިލާ އިން އާޖެންޓީނާގެ މީޑިއާ އަށް ހިއްސާކޮށްފައިވާ ވަޓްސަޕް މެސެޖުތަކުގައިވާ ގޮތުން ހާދިސާއެއް ހިނގައިދާނެ ކަމުގެ ބިރު ސަލާ އަށް އޮތީ ކުރިމަތީގަ އެވެ.

"އަހަރެން މިހުރީ މަތިންދާ ބޯޓެއްގައި. މި ހީވަނީ ހަލާކުވެދާނެހެން. އަހަރެން ދަތުރުމިކުރަނީ ކާޑިފަށް ދާން،" އުމުރުން 28 އަހަރުގެ ސަލާ އެންމެ ފަހުން ގާތް މީހުންނަށް ފޮނުވި ވަޓްސަޕް މެސެޖުގައި ބުނެފައިވެ އެވެ.

"ކުރިއަށް އޮތް އެއް ގަޑިއިރު ބައިގެ ތެރޭގައި އަހަރެންގެ ހަބަރެއް ނުލިބިއްޖެނަމަ އަހަންނަށް ނޭނގެ އެމީހުން އަހަރެން ހޯދަން މީހުން ފޮނުވާނެ ކަމެއް. އެއީ އަހަންނަށް އެނގޭ އެ މީހުންނަށް އަހަރެން ނުފެންނާނެކަން. ބައްޕަ އަށް އެނގޭތަ. އަހަރެން މިހުރީ ވަރަށް ބިރުން."

އާޖެންޓީނާގެ މީޑިއާތަކަށް ސަލާގެ ބައްޕަ މި އޯޑިއޯ މެސެޖު ހިއްސާކުރުމަށް ފަހު ބުނީ މި މެސެޖުތައް އޭނާ އަށް ފެނުނީ ސަލާ ދަތުރުކުރި ބޯޓު ގެއްލިގެން އޭނާ އަށް ވީނުވީއެއް ބަލަން ފޯނު ބަލާލި ވަގުތު ކަމަށެވެ.

"އޭނަ އެންމެ ފަހު ވަގުތު ދިން މެސެޖަކީ މިއީ. އަހަރެންނަށް މި މެސެޖު މި ފެނުނީ ވެސް އޭނަ ގެއްލިގެން އުޅޭ ހަބަރު ގާތް ބަޔަކު ދީގެން އުޅެނިކޮށް. އުއްމީދަކީ އަދި އަހަރެންގެ ދަރިފުޅު ފެނުން،" ރޮވިފައިހުރެ ސަލާގެ ބައްޕަ ހޮރާސިއޯ މީޑިއާ އަށް ބުންޏެވެ.

ސަލާގެ އިތުރުން އެ ބޯޓުގައި ދެން ހިމެނެނީ ދުއްވަން އިން ޕައިލެެޓެވެ. އެ ދެ މީހުން ހޯދުމަށް ފްރާންސް ޕޮލިހުންނާއި ގޯންސީ އައިލެންޑުގެ ކޯސްޓް ގާޑްގެ އިތުރުން އިންގްލެންޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ރޭގެ ވަގުތެއްގައި އެ މަސައްކަތް މެދުކަނޑާލި ނަމަވެސް މިއަދު އަލުން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަހަރެމެން 15 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިން. މިހާތަނަށް ފެނުނީ ފެންމަތީގައި އޮޔާދާ އެއްޗެހިތަކެއް. އެ ބޯޓުގައި ހުރި މީހެއްގެ ނިޝާނެއް އަދި ނުފެނޭ. އެ ބޯޓު ވެއްޓުނީ ކަނޑަށް ކަމުގައި ނުވާނަމަ އެ ތަނުން މީހެއް ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ،" އޭއެފްޕީ އަށް ގޯންސީ ޕޮލިހުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ސަލާގެ އާއިލާ އިން ބުނާގޮތުގައި އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ޖެޓެއްގަ އެވެ. އެހެންކަމުން އޭގެ ސަލާމަތީ ކަންތައްތަކާ ބެހޭ ހުރިހާ ކަމެއް އޭނާ ޔަގީންވެފައި ހުންނަން ޖެހޭނެ ކަމަށް އާއިލާ އިން ދެކެ އެވެ.

ފްރާންސްގެ ނޯންޓެސް އަށް ފާއިތުވި ތިން އަހަރު ކުޅެމުންދިޔަ ސަލާ ކާޑިފަށް ބަދަލުވިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ އޭނާ ކުޑައިރުއްސުރެން ދެކެމުން އައި ހުވަފެނެކެވެ. ކާޑިފުން ސަލާގެ ސޮއި ހޯދީ އެ ޓީމު ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރި ހޯދުމުގެ ގޮތުންނެވެ.

ކާޑިފްގެ އެގްޒެކްޓިވް ޑިރެކްޓަރު ކެން ޗޫ ވިދާޅުވީ އޭނާ އަދިވެސް އުއްމީދުކުރަނީ ސަލާ ހެޔޮހާލުގައި ފެންނާނެކަމުގައި ކަމަށާއި އެ ކްލަބަށް އޭނާ ކުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.

ސަލާ ދަތުރުކުރަމުންދިޔަ ބޯޓު ގެއްލުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކާޑިފްގެ އިއްޔެގެ ފަރިތަކުންތައް ކެންސަލްކޮށްފައިވާއިރު، އޭނާގެ ކުރީގެ ކްލަބް ނޯންޓެސް ފްރެންޗް ކަޕްގައި ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.