ހޮން ކޮންގެ ހޮޓަލަކުން ވެއްޓުނު ކުޑަ ދޮރަކުން ޖެހި ޓޫރިސްޓަކު މަރުވެއްޖެ
ހޮން ކޮންގެ ހޮޓަލަކުން ވެއްޓުނު ކުޑަ ދޮރަކުން ޖެހި ޓޫރިސްޓަކު މަރުވެއްޖެ

ހޮން ކޮން (ޖެނުއަރީ 22) - ހޮން ކޮންގެ ހޮޓަލެއްގެ 16 ބުރިން ކުޑަ ދޮރެއް ވެއްޓި ޖެހުމުން ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ކުޑަ ދޮރު ވެއްޓުނީ ހޮޓަލުގެ މަސައްކަތު މީހަކު ދޮރު ސާފު ކުރަން އުޅެނިކޮށެވެ. މި ހާދިސާއާ ގުޅިގެން އެ މުވައްޒަފު ވަނީ ހައްޔަރުކޮށްފަ އެވެ.

ހޮން ކޮން ފުލުހުން ބުނީ މަރުވެފައި ވަނީ 24 އަހަރުގެ ޗައިނާގެ އަންހެން ޓޫރިސްޓެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. މަރުވި ޓޫރިސްޓް މީހާއާ އެކު ހުރި މީހަކު ވަނީ ޒަޚަމްވެފަ އެވެ.

ފުލުހުން ބުނީ ކުޑަދޮރު ވެއްޓުނީ އެއީ ޚާއްސަ ތަޅުދަނޑިއަކުން ހުޅުވަން ޖެހޭ ދޮރަކަށްވާ އިރު މަސައްކަތު މީހާ އެހެން ގޮތަކަށް އެ ދޮރު ހުޅުވަން އުޅުމުން ކަމަށެވެ.

ކުޑަ ދޮރު ވެއްޓުނު ހޮން ކޮންގުގެ މިރާ ހޮޓެލް އަށް 2013 ވަނަ އަހަރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ. އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތުތަކެއް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑަން އެމެރިކާ އިން ފިލައިގެން ގޮސް ހޮން ކޮންގައި ހުރި ހޮޓަލެވެ.