14 އަހަރަށް ފަހު އަލީ ޝިޔާމް، އޭރުގެ ހަނދާންތަކާ އެކު
14 އަހަރަށް ފަހު އަލީ ޝިޔާމް، އޭރުގެ ހަނދާންތަކާ އެކު

ނުވަދިހައިގެ އަހަރުތަކުގައި ދިވެހި ވީޑިއޯ ލަވަތަކުގެ ފޯރި އެންމެ ގަދައިރު، އެންމެ އާންމުކޮށް ފެނުނު އެކަކީ އަލީ ޝިޔާމެވެ. އޭރުގެ އެންމެ މަޝްހޫރު ގިނަ ބަތަލާއިންނާ އެކު އެތަައް ލަތައް ކުޅެ، އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ހޯދި އެވެ. އެ ލަވަތައް މިހާރު ވެސް ޓީވީތަކުން ފެނެ އެވެ.

14 އަހަރަށް ފަހު އަލީ ޝިޔާމް، އޭރުގެ ހަނދާންތަކާ އެކު
14 އަހަރަށް ފަހު އަލީ ޝިޔާމް، އޭރުގެ ހަނދާންތަކާ އެކު

ނަމަވެސް އޭގެ ފަހުން އިންޑިއާ އަށް ދިރިއުޅުން ބަދަލުކޮށް މިވީ 14 އަހަރުގެ ތެރޭގައި ދިވެހި ޑްރާމާއަކުން ނުވަތަ ފިލްމަކުން ވެސް އޭނާއެއް ނުފެނެ އެވެ.

14 އަހަރަށް ފަހު އަލީ ޝިޔާމް، އޭރުގެ ހަނދާންތަކާ އެކު
14 އަހަރަށް ފަހު އަލީ ޝިޔާމް، އޭރުގެ ހަނދާންތަކާ އެކު

އަލީ ޝިޔާމް ވަނީ އޭނާގެ އެކްޓްކުރުމުގެ ހަނދާންތަކާއި މިހާރު ފިލްމީ ދާއިރާއާ މެދު ދެކޭ ގޮތް "މިހާރު" އަށް ކިޔައިދީފަ އެވެ.

ވަރަށް ގިނަ ލަވަތަކެއް އެބަ ހުރި ހިތްހަމަޖެހޭ ޝިރާނީ އާއި މަރިޔަމް ނިޝާ ކަހަލަ މީސްމީހުންނާ އެކު ކުޅެވިފައި. ނަމަވެސް މިހާތަނަށް އެންމެ ހިތްހަމަޖެހޭ ގޮތަށް ކުޅެވުނު ލަވައަކީ "ކީއް މި ވަނީ". އެއީ ޝިރާނީ އާ އެކު ކުޅެފައި އިން އުމަރު ޒާހިރުގެ ލަވައެއް. ވަރަށް ހިތްހަމަޖެހުނު ލަވައެއް އެއީ. ވަރަށް މަގުބޫލް ވެގެން ދިޔަ ލަވައެއް. ޓީވީއެމް ހޭޔަންބޯ ޗާޓްގައި ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޮތް ލަވައެއް އެއީ.

އެންމެ ބޮޑަށް ހިތްހަމަޖެހެނީ ޝިރާނީއާ އެކު ކުޅެން. އެވާ ގޮތަކީ ގަޑި އަށް ފަރުވާތެރިވުމާއި ޑިސިޕްލިންވުމާއި މަސައްކަތުގައި ވަރަށް ފަރުވާތެރި ވާނެ. އެ ދުވަސްވަރު އަހަރެން އުޅުނީ ވިޔަފާރީގެ ތެރޭގައި، އެހެންވެ އެކަހަލަ ކަންތައްތަކާ ހެދި ޓައިމް ސޭވް ކުރެވޭ. އޭރު ވަރަށް ވަގުތަށް ބަލައިގެން އުޅެން ޖެހުނީ. އެކަންކަމަށް ބަލާ އިރު ޝިރާނީއާ އެކު އެންމެ ފަސޭހައީ. އެހެން ކުދިން ވެސް ގޯހެކޭ ނޫން މި ބުނީ.

މީހުން ދެން އެހެން ބުނަނީ. އަހަންނަކަށް މާ ބޮޑު ތަފާތެއް ހުންނަ ކަމަކަށް ނުފެނޭ. ނަމަވެސް ވަރަށް ގިނަ މީހުން ބުނާ ވާހަކައެއް އެއީ. ދެން ބެލުންތެރިން އެކަހަލަ ކަންތައްތައް ނިންމާނީ. އަހަންނަކަށް އެގޮތަކަށް އެކަން އިހުސާސެއް ނުކުރެވޭ.

އިންޑިއާ އަށް ބަދަލުވާން ދިމާވި ސަބަބަކީ ދިރިއުޅުމަށް އައި ހީނަރުކަމަކުން. އެ ބަދަލުވި ގޮތަށް ދެން ދިރިއުޅުމުގެ ކަންތައްތައް މިތަނުގައި މިހާރު މިއޮތީ. ސެޓަޕް ހެދިފައި މިހާރު މިހުރީ މިތަނުގައި. މިހާރު އިންޑިއާގައި އުޅޭތާ މިވަނީ ތޭރަ، ސާދަ ވަރަކަށް އަހަރު. މިތަނާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ވަރަށް ރަނގަޅު ކަލްޗާއެއް އޮވެފައި ރަނގަޅަށް ދިރިއުޅެން ބޭނުންވާ މީހަކަށް މި މާހައުލު ގޯހެއް ނޫން ހަމަ.

އެންމެ ފަހުން މާލެ ދިޔަ ފަހަރު ވެސް ފުރުސަތެއް ލިބުނު. އެއީ އަލީ މުސްތަފާ (ސެމީ) މެން ހަދަމުން ދިޔަ ޕްރޮޑަކްޝަނެއް. އޭނާ ޑައިރެކްޓް ކުރާ ފިލްމެއްގެ ބައެއް ކުޅެން ލިބުނު. އެކަމަކު ވަގުތުގެ ގޮތުން ތަންކޮޅެއް ދަތިވީމާ އެކަން ނުކުރެވުނީ. އެންމެ ފުރިހަމަ ގޮތުގައި އެކަން ނުކުރެވޭނެތީ ދޫކޮށްލީ. އެކަމަށް މުޅިން ޕްރެޕެޔާވެގެނެއް ނޫން އޭރު މާލެ ގޮސް ހުރީ. އޭރު ބައްޕަމެން މަންމަމެން ކައިރި އަށް އެ މީހުން ދެކިލަންވެގެން މާލެ ގޮސް ހުއްޓައި އެ ފުރުސަތު ލިބުނީމަ ވަގުތުގެ ގޮތުން އެ ފުރުސަތު ދޫކޮށްލީ.

ފިލްމު ކުޅޭ ހިތްނުވަނީކީ ނޫން. އެ މަސައްކަތް ކުރާ ގޮތުން އޭގެ ތެރޭގައި އުޅޭ ހިތްނުވަނީ. ޓައިމް ވޭސްޓް ވަނީ ބުރަ މަސައްކަތެއްކޮށްފައި ފިލްމު ނުނިކުތީމާ. ބުރަ މަސައްކަތެއްކޮށްފައި ބެލުންތެރިންނާ ހަމައަށް ނާންނަ ކަމަށް ވަންޏާ ބޭކާރު ކަމެއް ކަމަށް ފީލް ކުރެވެނީ.

ދިވެހި ފިލްމެއް ނުބަލަން. މިހާރު މި ބަލަނީ މުޅިން ވެސް އިނގިރޭސި އަދި ތަމަޅަ ފިލްމު. ދިވެހި ފިލްމެއް ބަލައިގެން އިތުރަށް ލިބޭނެ އިބުރަތެއް ނެތް. މާ މޮޅު ފިލްމުތަކެއް ނުކުމެފައެއް ނެތް. ރާއްޖޭގައި ވަރަށް މަދު ފިލްމެއް ނޫނީ ރަނގަޅު ކަމަކަށް ނުފެނޭ. ވާ ގޮތަކީ ހުސް ލޯބީގެ ފިލްމުތައް ހުންނަނީ. ދެން އާންމުކޮށް މުޅިން ވެސް އެއްކަހަލަ ގޮތަކަށް ފިލްމުތައް ހުންނަނީ. މީހާ އަށް އެއްވެސް އިބުރަތެއް ނުލިބޭ އެއްޗެއް ބަލަން ތިން ހަތަރު ގަޑި ހޭދަ ކުރުމުގެ ބޭނުމެއް ނެތް. އެހެންވެ މުޅިން ވެސް ބަލަނީ މޮޅެތި މީހުން ހަދާފައި ހުންނަ ދުނިޔޭގެ ފެންވަރުގެ ފިލްމުތައް.

އަދިވެސް އެންމެ މަގުބޫލީ ނިއުމާ. ނިއުމާގެ އެކްޓިން ވަރަށް މޮޅު. އޭގެ އިތުރަށް ކޮޕީ އިއްސެ ވަރަށް ކަމުދޭ. އޭނާގެ އެއްޗެހި ބަލައިލީމަ ވަރަށް ފަރުވާތެރިކޮށް މަސައްކަތްކޮށްފައި ހުންނަކަން ފާހަގަކުރެވޭ.

ފިލްމު އިންޑަސްޓްރީ ކުރިއަށް އަދި ދާނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ. ފައިސާ ނުލިބޭ ކަމެއް ކުރިއަކަށް ނުދާނެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ކުރިއަށް ދާނެ މަގެއް އަދިއެއް ނެތް ފެންނާކަށް. ޓޫރިޒަމް އިންޑަސްޓްރީ ވެސް ކުރިއަށް ދަނީ ފައިސާ ލިބިގެން.

މިހާރު ދެން ކުޅޭ ހިތް ވަނީ ކެރެކްޓާ ރޯލެއް. މީގެ ކުރިން އެންމެ ފިލްމެއް ކުޅުނު އިރު ވެސް ކެރެކްޓާ ރޯލެއް ކުޅުނީ. މީހަކު ހަމަ ތަނެއްގައި އުޅޭ ތަން ދެއްކިޔަސް އެއްވެސް ކޮލިޓީއެއް ނުފެންނާނެ. އެ މީހާ އަށް އެކްޓިން ދެއްކޭ ކަހަލަ ކެރެކްޓާއެއް ރޯލެން ކުޅޭ ހިތްވަނީ. މޮޅު ކެރެކްޓާ ރޯލެއް ލިބިއްޖެއްޔާ ފުރުސަތު ހޯދާލައިގެން ކުޅެލާ ހިތްވޭ ހަމަ.

ފިލްމެއް ޑައިރެކްޓެއް ނުކުރާނަން. ޑައިރެކްޓް ކުރުމުގެ އެއްވެސް ގާބިލްކަމެއް ނެތް އަޅުގަނޑުގެއެއް. އެހެންވީމާ ނޭނގޭ ކަމެއް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން. ރާއްޖޭގައި ހަމަ ދެ ލަވަ ކުޅެލާފައި ޑައިރެކްޓަރަކަށް ވާހެން ވާ ކަމެއް ނޫން އެއީ. އެއީ ވެސް ކިޔަވައިގެން، އެކަން އެނގިގެން ކުރެވޭ ކަމެއް. އެކްޓް ކުރެވުނަސް އަދި ޑައިރެކްޓެއް ނުކުރެވޭނެ.

ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލަން. ވަރަށް އިންޓަރަސްޓް ހުންނަ ކަމެއް އެއީ. ނަމަވެސް ބައެއް ފަހަރަށް އެހާ ރަނގަޅު ނޫން ގޮތަށް ފެންނަނީ. އޭގެ ސަބަބުތަކެއް ވެސް އެބަހުރި. ވާގޮތަކީ ރާއްޖޭގައި ތެދުވެރިން މަދުވީމަ މައްސަލަކީ އަސްލު. ވަކި މީހަކު ބްލޭމް ކުރާ ވަރަށް ވުރެ ގައުމުގެ ހާލަތު ގޯސް މިހާރު. މުޅި ގައުމު ރަނގަޅު ކުރަން ހުރިހާ އެންމެން އެއްބާރު ލައިގެން މަސައްކަތް ކުރަން ޖެހިފައި އޮތް ހާލަތެއްގައި މިހާރު ގައުމު އޮތީ.

ސިޔާސީ ދާއިރާ އަށް ވަރަށް ޝައުގުވެރިކަން ހުރޭ. އެކަމަކު އެ ދާއިރާ މިހާރު އެ އޮތީ ބޮޑު ނީލަމަކަށް ވެފައި. އެގޮތަކަށް ނޫން ސިޔާސީ ދާއިރާގައި މަސައްކަތް ކުރަން ޖެހޭނީ. ރައްޔިތުންނަށް ފައިދާވާ ގޮތަށް ހުރިހާ ދިމާއަކުން ވެސް މަސައްކަތް ކުރަން ޖެހޭނީ. މިހާރު އެގޮތް މިގޮތްވެގެން މިދަނީ.

އަދި އެކަހަލަ އެއްވެސް ފިކުރެއް ނެތް. މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމަކީ ބޮޑު މިލިއަނަރަކަށް ނޫނީ މިހާރު ކުރެވޭ ވަރުގެ ކަމެއް ނޫން. ނުވަތަ ސަރުކާރުން ވަރަށް ބޮޑު ބެކަޕެއް ދީގެން ރައްޔިތުންގެ ފައިސާއިން އެކަން ކޮށްގެން ނޫނީ ވާނެ ކަމެއް ނޫން އެއީކީ. ރައްޔިތުންގެ މަޖިލީހަށް މިހާރު ވަދެ އެ ތިބެނީ ރައްޔިތުންގެ ހަގީގީ ރުހުމެއް ހޯދައި ގެނެއް ނޫން. ފައިސާ ހަރަދުކޮށްގެން. ރައްޔިތުންނަށް ހިދުމަތް ކުރާ ހިތް ވާނެ ކޮންމެ ދިވެހި ރައްޔިތަކު ވެސް ގައުމަށް ވަފާތެރި ވިސްނުމެއް ހުރެއްޖެއްޔާ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވަނުން ހަމަ އެންމެ ރަނގަޅު ކަންނޭނގޭ.