ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ބޮލީވުޑަށް ނެރޭނީ އަނޫރާގް ކެޝަޕް
ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ބޮލީވުޑަށް ނެރޭނީ އަނޫރާގް ކެޝަޕް

އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕަރޭޝް ރާވަލްގެ ދޮށީ ފިރިހެން ދަރިފުޅު އަދިތިޔާ ރާވަލް ބޮލީވުޑަށް ނެރުމުގެ ޒިންމާއާ ޑައިރެކްޓަރު އަނޫރާގް ކެޝަޕް ހަވާލުވެއްޖެ އެވެ.

ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ބޮލީވުޑަށް ނެރޭނީ އަނޫރާގް ކެޝަޕް
ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ބޮލީވުޑަށް ނެރޭނީ އަނޫރާގް ކެޝަޕް

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 27 އަހަރުގެ އެކްޓަރުގެ ފުރަތަމަ ފިލްމަކަށް ވާނީ އަނޫރާގް ޕްރޮޑިއުސްކޮށް، ރަންޖަން ޗަންދެލް ޑައިރެކްޓް ކުރާ "ބަމްފާދު" އެވެެ. ފިލްމުގެ ޝޫޓިން ވެސް މިހާރު ކާންޕޫރްގައި ކުރިއަށްދާ އިރު، މި ފިލްމުން ބޮލީވުޑަށް އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ބަތަލާއަކު ވެސް ތައާރަފު ވާނެ އެވެ.

އެއީ 2017 ގައި ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ބަތަލާ ޝާލިނީ ޕާންޑޭ އެވެ.

"ބަމްފާދު" ވެގެން ދާނީ ރަންޖަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަށެވެ. ނަމަވެސް އޭނާ ވަނީ ކުރިން އަނޫރާގާ އެކު "ގުލާލު" އާއި "ދޭވް ޑީ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އަލަތު ޑައިރެކްޝަނާ ބެހޭ ގޮތުން ރަންޖަން ބުނީ އައު ދެ ތަރިންނާ އެކު މަސައްކަތް ކުރެވޭތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި އުތުރު އިންޑިއާގެ ވާހަކައެއް ފިލްމުގައި ކިޔައި ދޭނެ ކަމަށެވެ.

"ބަމްފާދު" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް މި ފިލްމު މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.

މި އަހަރަކީ ބޮލީވުޑަށް ފިލްމީ ތަރިންގެ ގިނަ ދަރިންތަކެއް ތައާރަފު ވާނެ އަހަރެކެވެ.