އޯ ލެވެލް ނިންމި ދަރިވަރުންނަށް އަމާޒުކޮށް ވިލާ ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް
އޯ ލެވެލް ނިންމި ދަރިވަރުންނަށް އަމާޒުކޮށް ވިލާ ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޯ ލެވެލް ހެދި ދަރިވަރުންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެ ކޮލެޖުން ބުނީ ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ބާއްވާ ޕްރޮގްރާމް ބުރާސްފަތި ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 5:00 ވަންދެން، ކެރިއަ ގައިޑެންސްގައި ތަޖުރިބާހުރި ބޭފުޅުން މައުލޫމާތު ދެއްވާނެ ކަމަށް ބުންޏެވެ.

ކެރިއަ ގައިޑެންސާއެކު، މި މަހު ފަށާ ފައުންޑޭޝަނާއި ޕްރޮފެޝަނަލް ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މި މަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

އޯ ލެވެލް ނިންމި ދަރިވަރުންގެ ނަތީޖާ ދޫކުރަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އިން މިހާރު ވަނީ ފަށައިފަ އެވެ.