21 ޖެނުއަރީ 2019 - 17:18

ތެލް އަވީވް (ޖެނުއަރީ 21) - އިޒްރޭލުގައި އީރާނުން އެއްވެސް ބާވަތެއްގެ އުދުވާނެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައި ވަނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ހަމަލާދީފައި ވަނިކޮށެވެ.
"ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ވާނީ ވަރުގަދަ ހަމަލާތަކެއް ދީފައި،" އިޒްރޭލުގެ ދެކުނުގައި އާ އެއާޕޯޓެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަތަންޔާހޫ ވިދާޅުވި އެވެ. "އީރާނުގެ އެއްވެސް އުދުވާނަކަށް ފުރުސަތެއް ނުދޭނަން. އިޒްރޭލުން ދަނީ އީރާނާ ދެކޮޅަށް މަސައްކަތް ކުރަމުން. ސީރިއާގެ އަސްކަރިއްޔާ އަކީ އީރާނުގެ އުދުވާނުގެ އެހީތެރިއެއް."
އިޒްރޭލުން ބުނެފައި ވަނީ އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސް އަށް ކަމަށެވެ. ސީރިއާ އިން ބުނެފައި ވަނީ އިޒްރޭލުގެ މިސައިލްތަކަށް ހުރަސް އަޅާފައިވާ ކަމަށެވެ.