21 ޖެނުއަރީ 2019 - 12:40

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ، ފެބްރުއަރީ ހަތް ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.
މަޖިލިސް ހުޅުވާ ދުވަސް ބަންދުކުރަން މި ނިންމެވީ، ކުރިން ސުރެ އޮތް އެ އުސޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަދަލުކޮށް، އެ ދުވަސް ބަންދު ނުކުރާ ގޮތަކަށް އޮތުމަށް ފަހުގަ އެވެ.
މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސްގެ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ވުމުން، އެ ދުވަހަކާ އެކު އެ ހަފުތާގެ ތިން ދުވަސް ސަރުކާރު ބަންދުވާނެ އެވެ.
ރައްޔިތުންގެ މަޖިލިސް ދޮޅު މަހަށް ޗުއްޓީ އަށް ދިޔައީ މިދިޔަ މަހު 15 ގަ އެވެ. ޗުއްޓީއަށް ދިޔައިރު މުހިންމު ބިލްތަކެއް ނިންމަން އޮތެވެ.