21 ޖެނުއަރީ 2019 - 11:27

ޓޫރިޒަމާ ގުޅޭ 12 ގަވައިދަކަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހިޔާލު ހުށަހަޅަން ފުރުސަތު އޮންނާނެ ކަމަށެވެ.
މި ގަވައިދަށް ލިޔުމުންނާއި އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ އެވެ.
- ރިސޯޓު ރެގިއުލޭޝަން
- ޓޫރިސްޓް ވެސަލް ރެގިއުލޭޝަން
- ގެސްޓް ހައުސް ރެގިއުލޭޝަން
- ހޮޓެލް ރެގިއުލޭޝަން
- ޓްރެވެލް އޭޖެންސީ ރެގިއުލޭޝަން
- ޓުއާ ގައިޑް ރެގިއުލޭޝަން
- ޔޮޓް މެރީނާ ރެގިއުލޭޝަން
- ޑައިވިން ރެގިއުލޭޝަން
- ޓޫރިޒަމް ސްޓެޓިސްޓިކް ރެގިއުލޭޝަން
- ރެގިއުލޭޝަން އޮން ދި ޕްރޮޓެކްޝަން އެންޑް ކޮންޒަވޭޝަން އޮފް އެންވަޔަމެންޓް އިން ދަ ޓޫރިޒަމް އިންޑަސްޓްރީ
- ޓޫރިޒަމް އީއައިއޭ ރެގިއުލޭޝަން
- ސިމްބޮލިކް މެރިއޭޖު ރެގިއުލޭޝަން
ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ އިރު ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީސްތަކެއް އިންސްޕެކްޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ޓޫރިޒަމްގެ ފެސިލިޓީތަކުގައި އަމަލުކުރުމަށް ރަނގަޅު އުސޫލުތަކެއް ހުރި ނަމަވެސް އެ އުސޫލުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަށް އިންސްޕެކްޓްކޮށްފައި ނެތް ކަމަށެވެ.