"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!
"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!

ނާށިގަނޑު ހިފައިގެން މަގުމައްޗަށް ސަލާން ޖަހަން ނުކުންނަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މަޖުބޫރު ކުރުވާފައިވާ ކަމަށާއި އެ ހާލަތުގައި "ނާށިގަނޑަށް ބޮޑު ލާރިއެއް ވައްޓާލިއަސް" ގަބޫލުކުރަން ޖެހޭ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!
"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!

އޭނާ ވިދާޅުވީ ވެރިކަމަށް އާދެވުމުން، އަނެއްކާވެސް އެމްޑީޕީން ވަނީ ޖުމްހޫރީ ޕާޓީ ނިކަމެތިކޮށްފައި ކަމަށެވެ. ކޯލިޝަނަކުން ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ހިންގަން އެއްބަސްވެ ވެރިކަން ލިބުމުން، "ދެ އަތްފުޅާކޮށް" ޖުމްހޫރީ ޕާޓީ އެއްލާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!
"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!

ގާސިމްގެ ނުރުހުން އަމާޒުވެފައި ވަނީ، ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ޕާޓީތަކަށް ބަހަން އެމްޑީޕީން ދެކޮޅު ހަދާފައިވާތީ އެވެ.

"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!
"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!

"މިގޮތަށް ނިކަމެތިކަން ދިނީމާ އަޅުގަނޑުމެންނަށް އެބަޖެހޭ މަގުމައްޗަށް ނުކުމެ ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ދާން. އެ ދިއުމުގައި ގާނޫނީ ހައިސިއްޔަތު އޮތް ކޮންމެ ފަރާތަކަށް ވެސް އަޅުގަނޑުމެން އަދަބުވެރިކަމާ އެކު ތިރިވެލާފައި ނާށިގަނޑު ދިއްކޮށްލީމާ ބޮޑު ލާރިއެއް ވައްޓާލިއަސް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!
"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!

އެމަނިކިފާނު ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެ ޕާޓީން ގުޅުމުން ދެއްކޭނެ ވާހަކައެއް ނޯންނާނެ އެވެ. އެކަމުގައި އެ ޕާޓީގެ ކުށެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން އެހެން މީހެއްގެ ކުށެއް އޮތް ވާހަކައެއް ވެސް ނޫން. ދެން އޮތިއްޔާ، އޮތީ ކޮން ބައެއްގެތޯ ތިޔަބޭފުޅުން ވިސްނަވާ."

އެމްޑީޕީއާ އުފެދުނު މައްސަލަތަކަށް ހައްލު ހޯދަން ގާސިމްގެ ވިސްނުމަކީ، އެ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން އެދުނު ކޮންމެ ބަޔަކާ އެކު ކުރިއަށް ދިއުމެވެ. އެއީ، ޔާމީނާ އެކު މަސައްކަތް ކުރައްވާނެ ވާހަކަތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ގާސިމް އިންކާރެއް ނުކުރެއްވި އެވެ.

ގާސިމް ވިދާޅުވީ އެކުގައި މަސައްކަތް ކުރަން އެދޭ ކޮންމެ ބަޔަކާ އެކު މަޝްވަރާ އަށް ޖުމްހޫރީ ޕާޓީ ތައްޔާރު ކަމަށެވެ. ވަކި ބޭފުޅަކާ މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ބަޔަކު ވާހަކަ ދައްކަން ބޭނުމިއްޔާ، ނޫނެކޭ އަޅުގަނޑު ނުދަންނަވާނަން،" ގާސިމް ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް މަޝްވަރާ ކުރައްވަން ޔާމީނާ ބައްދަލު ކުރެއްވި ތުހުމަތު ދޮގު ކުރެއްވި އެވެ. ކިތަންމެ ފަހަރަކު ޔާމީނާ ބައްދަލުކުރައްވާފައިވީ ނަމަވެސް މަޖިލީސް އިންތިޚާބާ ގުޅުވައިގެން މިފަހުން، ބައްދަލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ލިބެން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅާ، ގާސިމް ރޭ ވެސް ދެކޮޅު ހެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއް ޕާޓީއެއްގެ އަޣުލަބިްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮވެގެން ކަންކަން ހިނގި ގޮތް ރާއްޖޭގައި ވެސް ތަޖުރިބާކޮށްފި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް އޮވެގެން ބޭނުން ގޮތަކަށް ބިލްތައް ފާސްކުރުމާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައި މައްސަލަ އަށެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތު އޮވެގެން ނުވާނެ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުން ކަމަށް ވިދާޅުވި އެވެ.

"ގައުމު ކުރިއަރަނީ ވަކި ބައަކަށް މެޖޯރިޓީ އޮވެގެންނެއް ނޫން. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ވެފައިވާ ވައުދު ފުއްދުމުގައި [ޖޭޕީ]ގެ ވައުދު އަބަދުވެސް ސަރުކާރަށް ލިބިގެންދާނެ. ހަމަކަށަވަރު. ނަމަވެސް މީހުންނާ ޒާތީގޮތުން ދިމާކޮށް، އަބުރު ކަތިލުން ފަދަ ކަންކަމަކީ އަޅުގަނޑުމެން ބަލައިގަނެވޭނެ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނުކުންނާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ އަށް ވެސް ގާސިމް ފާޑުވިދާޅުވި އެވެ. އެ ޕާޓީގެ "ޑިމޮކްރަސީ އޮޮތް މިންވަރު ފެނިގެން ހިނގައްޖެ" ކަމަށް ގާސިމް ވިދާޅުވީ، ވަކި ކެންޑިޑޭޓުންތަކެއް ހޮވަން އެމްޑީޕީގެ ލީޑަޝިޕުގެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި "މަށަށް ވުރެން ބާރުގަދަ މީހަކު ނެތިގެން ދެ އަތް ފުޅާކުރުމުގެ" އުސޫލު ސިޔާސީ ލީޑަރުން ދޫކޮށްލަން ޖެހެ އެވެ. މަޖިލީހުގައި ވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކަމެއް ހާސިލްކުރަން ފައިސާގެ ބޭނުން ޖެހުމުން ރާއްޖޭގެ ވިޔަފާރިވެރިން ވަރެއް ނެތުމަށް ފަހު، ކާމިޔާބީ ލިބުމުން "ދެއަތް ފޮޅާލައި" ފާޑުފާޑުގެ ނަމުން މަލާމާތްކޮށް، ފުރައްސާރަކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިހާރު މި ފެންނަނީ މަހުޖަނު ކިޔާތަން. ނޫނިއްޔާ ސޭޓު ކިޔާ ތަން. ނޫނިއްޔާ އަނެއްކައްޗެކޭ ކިޔާތަން. ދެން އެއީ އަޅުގަނޑާ ދިމާލަށް ކިޔާ އެއްޗަކަށް ކަމަށް ވެސް ވެދާނެ،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެ މީހެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު ބޮޑުވި ވަރަކަށް މި ގައުމު ކުރިއަރުވަން އެ މީހަކު ބޭނުންވާނެ."

ގާސިމް ވިދާޅުވި ގޮތުގައި ކަމެއް ހާސިލްވުމުން ނަގައި އެއްލާލުމަކީ ދުރުވާން ޖެހިފައި އޮތް ސިފައެކެވެ.

ގާސިމްގެ ވާހަކައިގައި ރޭ ވެސް ބަހުގެ ގިނަ ހަމަލާތަކެއް ނަޝީދަށް އަމާޒުކުރެއްވި އެވެ.

އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ނަޝީދު ގެންދަވަނީ ރައްޔިތުންނަށް އޮޅުވައިލައްވަމުންނެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ އަޑުތަކެވެ. ނަޝީދުގެ ނަން ވިދާޅުނުވެ ގާސިމް ވިދާޅުވީ ނިޒާމް ބަދަލުކުރާ ވާހަކަ ބޭފުޅަކު ދައްކަވަމުންދާ ކަމަށެވެ.

"މިކަމުން ފައިދާވަނީ ކޮން ބަޔަކަށްތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދާއިރު، މިނިސްޓަރުންނަށް ވެސް ތިއްބަވާނީ ޕާލަމެންޓުގެ މެމްބަރުން. ދެން މިނިސްޓަރުންނަށް ތިއްބަވާ ބޭފުޅުން ކަމެއް ކުރެއްވީމާ ސުވާލު ކުރައްވަން ތިބޭނީ ކޮން ބައެއްތޯ؟ އަނެއްކާވެސް މިނިސްޓަރުން ގިނަ ފަހަރަށް ތިއްބަވާނީ،" ގާސިމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކީ އެންމެ އިސް ފަރާތް ކަމަށްވާއިރު، އެ މަގާމު ހޮވަން ރައްޔިތުންނަށް ފުރުސަތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެންވީމަ ކިހާ ރަނގަޅު ވާހަކައެއްތޯ މި ދައްކަވަނީ. މިއީ، ރައްޔިތުންނަށް ހެޔޮއެދިގެން ދައްކާ ވާހަކައެއްތޯ ނުވަތަ ސިސްޓަމެއްތޯ ބަލާލަން ޖެހޭ. ތަންދޮރު ނުދަންނަ ކުޑަކުދިންގެ ކައިރީގައި ދައްކާ ވާހަކައެއް ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.