ރެޑްވޭވް "އަހަރީ ބާޒާރު" ނަސީބުވެރިން ހޮވައިފި
ރެޑްވޭވް "އަހަރީ ބާޒާރު" ނަސީބުވެރިން ހޮވައިފި

އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި އެވެ.

ރެޑްވޭވް އިން 15 ނޮވެމްބަރ 2018 އިން 15 ޖެނުއަރީ 2019 ގެ ނިޔަލަށް، ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދިޔަ ރެޑްވޭވް އަހަރީ ބާޒާރުގެ ގުރު މިއަދު ވަނީ ނަގައިފަ އެވެ.

ރެޑްވޭވް މެގަމޯލްގައި ބޭއްވި ރަސްމިއްޔާތުގައި، ތިން ފަރާތެއް ވަނީ ގުރުއަތުން ހޮވާފަވެ އެވެ. މި ގުރުއަތުލުމުގައި ތިން ވަނައަށް ދިޔަ ފަރާތަށް 20000ރ. އިނާމެއް ލިބިފައިވެ އެވެ. ދެވަނައަށް 30000ރ. އަދި އެއް ވަނަ އަށް 50000ރ. ވަނީ ލިބިފަ އެވެ.

ރެޑްވޭވުން ބުނީ އަހަރީ ބާޒާރު ވަރަށް ކާމިޔާބު ކަމަށާއި ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގެ އިތުރަށް މިއަހަރު ވެސް ރެޑްވޭވް "ރޯދަ ސޭލް" ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަން ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިބުނު، އަދި ގިނަ އިނާމް ތަކެއް ލިބުނު ޕްރޮމޯޝަނެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.