20 ޖެނުއަރީ 2019 - 14:11

މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ހުޅުމާލޭ ރޯހައުސްއެއްގެ ޓެރަސް މަތީގައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
މި މީހާ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު ފަހު 1:10 ހާއިރު ކަމަށާއި، އެތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
މި ދުވަސްވަރު ރާއްޖޭގައި ކުއްލި މަރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.