22 ޖެނުއަރީ 2019 - 07:31

ރީތި އަދި ވަރުގަދަ އިސްތަށިގަނޑެއް ކޮންމެ މީހަކު ވެސް ބޭނުން ވާނެ އެވެ. ދުޅަހެޔޮ ހިތްގައިމު އިސްތަށިގަނކަށް އެދޭ ނަމަ ކެއުމުގެ ވައްޓަފާޅި އަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

ކާ އެއްޗިއްސަކީ އިސްތަށިގަނޑަށް ބޭނުންވާ މާއްދާތަކުން ވެސް މުއްސަނދިވެފައިވާ އެއްޗިއްސަށް ވާން ޖެހެ އެވެ. މިއީ އިސްތަށިގަނޑު ވަރުގަދަކުރަން ކާން ރަނގަޅު ކަމަށް ތަޖުރިބާކާރުން ބުނާ 10 ކާނާއެކެވެ.

ރީތި އަދި ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުން ނަމަ ބިހަކީ ކޮންމެހެން ވެސް ކާން ޖެހޭ އެއްޗެކެވެ. މީގައި އެކުލެވޭ ޕްރޮޓީނާއި ބައޯޓިންގެ އިތުރުން ޒިންކާއި ސެލީނިއަމް ފަދަ ނިއުޓްރިއެންޓްސްތަކުން އިސްތަށިގަނޑު ވަރުގަދަކޮށްދެ އެވެ. އެހެންވެ އިސްތަށި ފައިބާ ނަމަ ބިހުގެ މުހިއްމުކަން ބޮޑެވެ.

ބައެއް ހާލަތްތަކުގައި ރޯ ކުކުޅު ބިހަކީ ވެސް އިސްތަށިގަނޑުގައި އުނގުޅާ އެއްޗެކެވެ.

ބެރީޒް ވެސް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. ވިޓަމިން ސީން މުއްސަނދިވެފައިވާ މި މޭވާގެ ބާވްތަތްތަކުން އިސްތަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިންޓްތައް ފޯރުކޮށް ދެ އެވެ. އިސްތަށިތައް ހަލާކުވެ، ކުރަކިވުން ފަދަ މައްސަލަތަކުން، ބެރީޒް ކެއުމުން ރައްކާތެރިކޮށް ދޭނެ އެވެ.

ސްޕިނެޗަކީ ފޮލޭޓް އާއި އަޔަން އަދި ވިޓަމިން ސީ އާއި އޭ އިން މުއްސަނދިވެފައިވާ ބާވަތަކަށްވާތީ މިއީ އިސްތަށިގަނޑުގެ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. މިއީ އިސްތަށިތައް ފެޅުމަށް ބާރު އަޅައިދޭ ފަތުގެ ބާވަތެކެވެ. އެހެންވެ އާންމުކޮށް ސްޕިނެޗް ބޭނުންކުރާ ނަމަ އިސްތަށިގަނޑުގެ ތާޒާކަން އިތުރުކޮށް ދޭނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 54 ޕަސެންޓް ޖޯޑެއްގެ ސްޕިނެޗުން ލިއްބައިދޭނެ އެވެ. ނަތީޖާއަކީ އެ ދުވަހަކަށް އެ އަންހެނަކަށްވާ އަޔަންގެ ހަތަރު ޕަސެންޓް އަދި ފިރިހެނުންނަށް ބޭނުންވާ އަޔަންގެ 10 ޕަސެންޓް ވެސް ލިއްބައި ދިނުމެވެ.

މިއީ ސެލެޑް ހަދައިގެންނާއި އަދި އެ ނޫން ވެސް ގޮތްގޮތަށް ބޭނުންކުރާ އެއްޗެކެވެ. ސްޕިނެޗް ސްމޫތީއަކީ ވެސް ގިނަ ބައެއްގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އެއްޗެކެވެ.

ސޭމަން އާއި މެކެރެލް ފަދަ މަހުގެ ބާވަތްތަކަކީ ވެސް ކެއުމުގެ ތެރޭގައި އާދަކޮށް ހިމަނައިގެން އިސްތަށިގަނޑުގެ ދުޅަހެޔޮކަން ގެނެވިދާނެ ބާވަތްތަކެވެ. މިފަދަ ބާވަތްތަކަކީ އޮމެގާ-3 ފެޓީ އެސިޑްސްއަކީ އިސްތަށި ފެޅުމަށް ބާރުއަޅާ މާއްދާއެކެވެ.

އެހެންވެ އިސްތަށި ފައިބައި، އިސްތަށިގަނޑު ތުނިވާ މައްސަލަ ތަޖުރިބާކުރަން ޖެހިފައިވާ ނަމަ މަހުގެ ބާވަތްތަކުގެ މުހިއްމުކަން ބޮޑެވެ.
ބީޓާ-ކެރޮޓީންއާ އެކު، ވިޓަމިން އޭއަކީ ކައްޓަލައިން ލިއްބައިދޭނެ މާއްދާތެކެވެ. ވުމާ އެކު މިއީ އިސްތަށިގަނޑުގެ ބުޑުތައް ވަރުގަދަކޮށްދީ، އިސްތަށިގަނޑުގެ ތެތްކަން ދަަމަހައްޓައިފީ އޮފުކަން ވެސް ގެނުވައި ދޭނެ ބާވަތެކެވެ.
ވިޓަމިން އީ އިން މުއްސަނދިވެފައިވާ އެވޮކާޑޯއަކީ ވެސް އިސްތަށި ފޭބުމުން ރައްކާތެރިކޮށް ދޭނެ އެއްޗެކެވެ. ބައެެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ގަވައިދުން އެވޮކާޑޯ ބޭނުންކުރަން ފެށުމުން އިސްތަށިގަނޑަށް އަންނަ ބަދަލު ގާތްގަނޑަކަށް އަށެއްކަ ހަފުތާ ތެރޭގައި ފެންނަން ފަށާނެ އެވެ.
އޮއިސްޓާޒްއަކީ ބައެެއް މީހުން ގަޔާވާ އެއްޗަކަށް ނުދެވާނެ އެވެ. އެކަމަކު މިއީ ޒިންކުން ފުރިގެންވާ އެއްޗަކަށްވާތީ، މިއީ ދުޅަހެޔޮ އިސްތަށިގަނޑަކަށް ވެސް ވަރަށް މުހިއްމު ކާނާއެކެވެ. އެކަމަކު ސަމާލުކަންދޭން ޖެހޭ އެއް ކަމަކީ ޒިންކް މާ ގިނައިން ބޭނުންކުރުމަކީ ވެސް އިސްތަށި ފޭބުމަށް މަގުފަހިކުރުވާ ކަމެއް ކަމެވެ.
ޝްރިމްޕަކީ ޕްރޮޓީނާ އެކު ވިޓަމިން ބީ، ޒިންކް، އަޔަން އަދި ވިޓަމިން ޑީ ލިއްބައިދޭ އެއްޗެކެވެ. ނަތީޖާއަކީ މި ޝްރިޕް ކާ ނަމަ އިސްތަށިގަނޑު ވަރުގަދަކޮށް ދިނުމެވެ. އަދި ކޮންމެވެސް ވަރަކަށް އޮމެގާ-3 ފެޓީ އެސިޑްސް ވެސް އެކުލެވޭ ކެއުމެކެވެ.
ބީންސަކީ ވެސް އިސްތަށި ފެޅުމަށް ބާރު އަޅައިދޭ ކާނާއެކެވެ. މިއީ އަޔަން، ބައޮޓިން، ޒިންކް އަދި ފޮލޭޓް ފަދަ މާއްދާތައް އެކުލެވިގެންވާ އެއްޗަކަށްވާތީ ބީންސް ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަކޮށްދެ އެވެ.