ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ "އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގް" ގެ ނަމުގައި އަމިއްލަ ޔޫޓިއުބް ޗެނެލެއް ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ މިދިޔަ މަހު ކައިވެނިކުރި ކުރީގެ ރީތީގެ ރާނީ ބުނީ އޭނާގެ ޔޫޓިއުބް ޗެނެލްވެގެން ދާނީ އަމިއްލަ ހަޔާތާ ބެހޭ ވަރަށް ގިނަ މައުލޫމާތައް ފޭނުންނަށް ފޯރުކޮށް ދޭނެ އެއްޗަކަށް ކަމަށެވެ.

އެގޮތުން އޭނާގެ މިސް ވޯލްޑް ތާޖް 2000 ވަނަ އަހަރު ހާސިލު ކުރުމަށް ފަހު، ފަހުން ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރެއިން އެކަކަށް ބަދަލުވެގެން ދިޔަ ގޮތާއި ކެރިއަރުގެ މުހިއްމު ސޮފްހާތަކާއި، ހޮލީވުޑަށް ހިޖުރަކޮށް ހޯދި ކާމިޔާބީތައް ވެސް "އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގް" އިން ފޭނުންނަށް ލިބިގެން ދާނެ އެވެ.

ޕްރިޔަންކާ ބުނީ ޔޫޓިއިބް ޗެނެލެއް ތައާރަފު ކުރެވޭތީ ވަރަަށް ވެސް ހޮިތްހަމަޖެހިފައި ހުރި ކަމަށާއި މިއީ އޭނާގެ ދެކެ ލޯބިވާ މީހުންނަށް ވަރަށް ހާއްސަ އެއްޗަކަށް ވެގެން ދާނެ ކަމަށެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހު ރިލީޒް ކުރާ ހޮލީވުޑްގެ ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް؟ "އިންނެވެ. އަދި މި އަހަރު ރިލީޒް ކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު "މުބާރަކަން" ގެނެސް ދިން ޑައިރެކްޓަރު އަނީސް ބަޒްމީގެ އައު ފިލްމު "ޕާގަލްޕަތީ" މި އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

އަންނަ މަހު އިނގިރޭސިވިލާތުގައި ޝޫޓިން ފަށާ މި ފިލްމުގެ ކާސްޓުންނަކީ އަނިލް ކަޕޫރް، އިލިއާނާ ޑި ކްރޫޒް، ޖޯން އަބްރަހަމް، ކްރިތީ ކަރްބަންދާ، ޕުލްކިތު ސަމްރާޓް، އުރުވަޝީ ރޯޓެލާ އަދި އަރުޝަދު ވަރްސީ އެވެ.

ރިތިކް ރޯޝަނާ އެކު ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" އިން ބޮލީވުޑަށް ތައާރަފުވެ "ގަދަރު: އޭކް ޕްރޭމް ޙަތާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ނަމަވެސް ބަތަލާ އަމީޝާ ޕަޓޭލްއަކީ މާ ބޮޑު ކުރިއެރުމެއް ލިބުނު ބަތަލާއެއް ނޫނެވެ.

މިހާރު ހާލަކުން ފަހަރު ސްކްރީނުން ފެންނަ މި ބަތަނާ އެންމެ ފަހުން ފެނިފައި ވަނީ ނޮވެމްބަރު މަހު ރިލީޒްކޮށް، ބެލުންތެރިންގެ އެއްވެސް ސަމާލު ކަމެއް ނުލިބުނު ސަނީ ޑިއޯލްގެ "ބެއްޔާޖީ ސުޕްހިޓް" އިންނެވެ.

އެ ފިލްމަށް ފަހު އަމީޝާ މިހާރު ވަނީ އަނެއްކާ ވެސް އާ ފިލްމެއް އިއުލާންކޮށްފަ އެވެ. މިއީ ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައިވާ "ދޭސީ މެޖިކް" އެވެ. އަމީޝާ ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ވެސް ކުޅެފައިވާ ފިލްމުގެ ބަތަލަކީ "ޑޮން" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅުނު ކުނާލް ގޫމަރް އެވެ.

އަމީޝާ ޑަބަލް ރޯލަކުން ފެނިގެންދާ "ދޭސީ މެޖިކް" ޝޫޓްކޮށްފައި ވަނީ ލަންޑަނާއި ޕެރިހާއި ޖޯޖިއާ އާއި ބެންކޮކާއި މުމްބާއީގެ އިތުރުން ތައިލެންޑްގަ އެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އާޝިގީ 2" އާއި "ހަމާރީ އަދޫރީ ކަހާނީ" ގަފަ ފިލްމުތައް ގެނެސް ދިމް މޯހިތު ސޫރީގެ އާ ފިލްމުގެ ލީޑް ރޯލަށް އަދިތިޔާ ރޯއީ ކަޕޫރާއި ޑިޝާ ޕަޓްނީ ހަމަޖައްސައިފި އެވެ.

ވަރަށް އަވަހަށް ގޯއާގައި ޝޫޓިން ފަށާ މި ފިލްމުވެގެން ދާނީ 2013 ގެ "އާޝިގީ 2" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މޯހިތުގެ ފިލްމެއްގައި އަދީ މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ. މޯހިތުގެ އައު ފިލްމުގެ ނަމާއި މި ފިލްމާ ބެހޭ މާ ބޮޑު ތަފުަސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޑިޝާ މި ވަގުތު އަންނަނީ ސަލްމާން ހާންގެ "ބާރަތު" ގެ މަސައްކަތް ކުރަމުންނެވެ. އަދީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކަލަންކް" އާއި "ސަޅަކް 2" އެވެ.

މޯހިތު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އަރުޖުން ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު 2017 ގެ "ހާފް ގާލްފްރެންޑް" އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ސުނިލް ޝެޓީ މަލަޔާޅަމް ފިލްމަކަށް ސޮއިކޮށް އޭގެ މަސައްކަތް ފަށައިފި އެވެ.

ސައުތުގެ މަޝްހޫރު އެކްޓަރު މޯހަންލާލް ވެސް މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމަކީ 16 ވަނަ ގަރުނުގެ ހަނގުރާމައިގެ ވާހކަައެއް ކިޔައިދޭ "މަރަކައްރު: ދަ ލަޔަން އޮފް ދި އެރޭބިއަން ސީ" އެވެ. އަދި މީގެ ރޯލަކުން މަޝްހޫރު ނެށުންތެރިޔާ ޕްރަބޫދޭވާ ވެސް ފެނިގެން ދާނެ އެވެ.

ސުނިލް ފިލްމުގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އޭނާ "މަރަކައްރު" ގައި ފެނިގެން ދާނީ ވަރުގަދަ ވޮރިއާއެއްގެ ރޯލުންނެވެ. ސުނިލްގެ ލުކަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އޭނާގެ ކެރެކްޓާ، ހޮލީވުޑްގެ ފިލްމު "ޓްރޯއި" ގައި ބްރެޑް ޕިޓް ކުޅުނު ކެރެކްޓާއާ ވަރަށް ވައްތަރު ކަމަށް ބުނެފަ އެވެ.

އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރިޔާދަރްޝަން އެވެ.

"ދަޅުކަން" ފަދަ ފިލްމުތައް ކުޅުނު ސުނިލް މިހާރު އަންނަނީ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.