އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި
އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެ ޕާޓީގެ ޕްރައިމަރީގެ ޓިކެޓު ލިބިވަޑައިނުގަތީ ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް.

އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި
އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި

ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ މަޖިލިސް މެމްބަރު އަލީ ނިޒާރަށް ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުން އިންތިޚާބުން ފުރުސަތު ގެއްލިއްޖެ. އޭނާ ބަލިކޮށް އެމްޑީޕީގެ އެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލް. މަޖިލިހުގެ މި ދައުރުގައި އިސްލާހަށް ބުރަކޮށް މަސައްކަތް ކުރެއްވި، ނިޒާރު އެމްޑީޕީގެ ޕްރައިމަރީން ކެޓިއިރު، ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) ވެސް ޕްރައިމަރީން ފުރުސަތު ގެއްލިފައި.

އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި
އެމްޑީޕީގެ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި

މަރަދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ). އޭނާ އަކީ މިހާރު ރައްޔިތުންގެ މަޖިލިހުގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް.

ހިންނަވަރު ދާއިރާގެ ޓިކެޓު ކަސަވަރު ކުރެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު ޖީހާން މަހްމޫދު.

ގަލޮޅު ދެކުނު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މީކާއިލް ނަސީމް.

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މިހާތަނަށް އެ ޕާޓީގެ ޕްރައިމަރީގެ ޓިކެޓު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް ލިބިވަޑައިނުގަތީ ތިން ބޭފުޅަކަށް. އެއީ ހިތަދޫ މެދު ދާއިރާގެ އިބްރާހިމް ދީދީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ).

ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީގެ ޓިކެޓު، އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އަށް ލިބިވަޑައިނުގަތުމާ އެކު އޭނާ އަށް ވެސް މަޖިލިހުން ވަނީ ފުރުސަތު ގެއްލިފައި. އިބްރާހިމް ދީދީ ބަލިކުރައްވައި ހިތަދޫ މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ހިޔަލީ މުހައްމަދު ރަޝީދުގެ ކޮއްކޮ އަހުމަދު ރަޝީދު (ޗެކް މާކް)

އަލައިކާ: އެންމެ ބޮޑު ހިތްވަރަކީ ނަޝީދު އަޅުގަނޑާ އެކު މި ދަތުރުގައި ހުންނެވީމާ. އެމްޑީޕީން މި ދައްކައިދެނީ ވަރަށް ބޮޑު ލެސަނެއް. އެހެން ޕާޓީތަކުން ވެސް މިކަމުން އިބްރަތެއް ހާސިލް ކުރަން ވެއްޖެ. މި ޕާޓީ އަކީ އެއްވެސް ބަޔަކަށް ބޮނޑި ދޭނެ ޕާޓީއެއް ނޫން.

ހަފްލާގައި މިހާރު ވާހަކަ ދައްކަވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޕްރައިމަރީގައި ނަޝީދާ ވާދަކުރެއްވި އައިޝަތު އަލައިކާ.

ނަޝީދު: މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭނެ ކަމީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ކަމެއް ނޫން. އެ އަޣުލަބިއްޔަތު އަޅުގަނޑުމެން ނަގާނަން. ކާމިޔާބުވެވަޑައިނުގެންނެވި ކެމްޕެއިން ޓީމުތައް ވަރަށް އަވަހަށް ޚާއްސަކޮށް އަޅުގަނޑާ ގުޅުއްވައި މަސައްކަތް ކުރައްވާނެ ކަމީ ޝައްކު ކުރާ ކަމެއް ނޫން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރު ވާހަކަފުޅަށް ފަހު މިހާރު ވާހަކަ ދައްކަވަނީ ކުރީގެ ރައީސް އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަޝީދު.

ރައީސް: ކަންކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ ވަރަށް ބޮޑު ތާއީދެއް ސަރުކާރަށް އޮވެގެން. ސަރުކާރުގެ ވައުދު ފުއްދުމަށްޓަކައި އެމްޑީގެ ބޮޑު ތާއީދެއް އޮންނަން ޖެހޭ. ކުރިއަށް އޮތް މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑުމެން މި ތިބީ އެ މަސައްކަތާ ކުރިމަތި ލައިގެން.

ރައީސް: މިރޭގެ މި ނަތީޖާއާ ހަމައަށް އާދެވުނީ ވަރަށް ގިނަ މަސައްކަތެއް ކޮށްގެން. އެ ހުރިހާ ބޭފުޅުންނަށް ޕާޓީގެ ނަމުގަ އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު އަދާކުރަން.

ރައީސް: ރާއްޖެ މިދަނީ ޑިމޮކްރަސީ އަކަށް ފައްކާވަމުން. މިކަމުގައި އެންމެ މުހިންމު ދައުރެއް މިހާތަނަް ވެސް އަދާކުރީ އެމްޑީޕީން. މިއަދު އަނެއްކާ ވެސް ތިޔަ ދައްކައި ދިނީ އެމްޑީޕީ ޑިމޮކްރެސީއާ ރައްޓެހިކަން. ޑިމޮކްރެސީ ހަމަތަކުގެ މަތިން މިފަދަ ހަރަކާތްތައް ހިންގަންޖެހޭ. އެމްޑީޕީން މި ނިންމީ އޭގެ ފުރިހަމަ މަސައްކަތެއް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަން ފައްޓަވައިފި.

އެމްޑީޕީގެ ހާއްސަ ހަފުލާ ފަށައިފި.

ޕްރައިމަރީ އަށް ފަހު، އެމްޑީޕީގެ ޚާއްސަ އިވެންޓަކަށް މިހާރު އަންނަނީ ތައްޔާރުވަމުން. އެ ހަފްލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހަރުގެ އަށް ވަޑައިގެންފައި.

ހެންވޭރު ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އެމްޑޕީގެ ޓިކެޓު ގެއްލިއްޖެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހުސައިން ޝަހީމް. ރުކުމާ އަކީ، މިހާރު މަޖިލިހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕްރައިމަރީން ނާކާމިޔާބުވި ދެވަނަ ބޭފުޅާ. ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ވެސް ވަނީ ޕްރައިމަރީން ޓިކެޓު ކަޓާފައި.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ގާނޫނީ ވަކީލް މޫސާ ސިރާޖު ކަށަވަރު ކުރައްވައިފި.

ވިލިނގިލި ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އަށް ބަލާއިރު، އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ އެމްޑީޕީގެ ޓިކެޓު ލިބިވަޑައިނުގެން ކަޓާފައި. ކާށިދޫ ދާއިރާގެ ޓިކެޓު ޖާބިރަށް ވެސް ލިބިވަޑައެއް ނުގެންނެވި.

ފޭދޫ ދާއިރާގެ ޓިކެޓު ނިހާދު ކަށަވަރު ކުރައްވައިފި. ނިހާދަކީ 17 ވަނަ ރައްޔިތުންގެ މަޖިލިހަށް ވެސް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅެއް.

ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީ ތަމްސީލް ކުރައްވާ މެމްބަރުންގެ ތެރެއިން ޕްރައިމަރީ އަކަށް ނުގޮސް ޓިކެޓު ކަށަވަރު ކުރައްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ).

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މިހާތަނަށް ޕްރައިމަރީން ކެޓީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެކަނި. އެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ ހުސައިން ޒިޔާދު (ފިއްޓޭ). ފިއްޓޭ އަކީ އަލަށް ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަންނަވާ ބޭފުޅެއް.

މާފަންނު މެދު ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވީ މުހައްމަދު ރަޝީދު (ބޮންޑާ). އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު. މި ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ އަނަސް. ކުރީގެ ރައީސް ނަޝީދާއި ހަސަން ލަތީފާއި އަލީ ނިޔާޒް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި.

ކޮމަންޑޫ ދާއިރާގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަދި ހުޅުދޫ ދާއިރާގެ ޓިކެޓު އިލްޔާސް ލަބީބް ކާމިޔާބު ކުރައްވައިފި. އިލްޔާސަކީ ވެސް މަޖިލިހުގެ ކުރީގެ މެމްބަރުކަން ކުރެއްވި ބޭފުޅެއް.

އިނގުރައިދޫ ދާއިރާގެ ޓިކެޓު ހަސަން އަހުމަދު (ހަސަންޓެ) ކަށަވަރު ކުރައްވައިފި.

ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓު، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ކަށަވަރު ކުރައްވައިފި.

ހުޅުމާލެ ދާއިރާގެ ޓިކެޓު އެމްޑީޕީގެ ޗެއާސާންގެ ނައިބު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވެސް ވަނީ ކަށަވަރު ކުރައްވާފައި.

ތުޅާދޫ ދާއިރާގެ ޓިކެޓު މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ކަށަވަރު ކުރައްވައިފި. މިއީ އަބަދުވެސް އެމްޑީޕީގެ ދާއިރާއެއްގެ ގޮތުގައި އޮތް ދާއިރާއެއް.

ހިތަދޫ އުތުރު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވައި އަނެއްކާ ވެސް ޓިކެޓު ކަށަވަރު ކުރައްވާފައި.

ވައިކަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ޕްރައިމަރީން ކަޓާފައި. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލިހަށް އަލަށް ނުކުންނަވާ ހުސައިން ޒިޔާދު (ފިއްޓޭ).

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޕްރައިމަރީގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން އަދި މިހާރު މަޖިލިހުގައި ތިއްބެވި ބޭފުޅުން ވާދަކުރެއްވި. އެހެންވެ، މިއީ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ޕްރައިމަރީ ކަން ފާހަގަކުރެވޭ.

މީދޫ ދާއިރާގެ ގޮނޑި ވެސް މިހާރު ވެސް ފުރުއްވާ ރޮޒެއިނާ އާދަމް ވެސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި.

މާފަންނު ހުޅަނގު ދާއިރާގެ ޕްރައިމަރީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވާ މުހައްމަދު ފަލާހް ކާމިޔާބު ކުރައްވައިފި.

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވަނީ ޕްރައިމަރީން ބޮޑު ތަފާތަކުން ބަލިވެ ކަޓާފައި.

މިހާތަނަށް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުން:

1- މައްޗަންގޮޅި މެދު ދާއިރާ- ކުރީގެ ރައީސް މުހައްމަދު ނަޝީދު

2- ހަނިމާދޫ ދާއިރާ- އަބްދުލްޣަފޫރު މޫސާ

3- އޭދަފުށި ދާއިރާ- އަހުމަދު އާރިފް (އާއްޓޭ)

4- ކިނބިދޫ ދާއިރާ- މުހައްމަދު ނާޝިޒް

5- ނައިފަރު ދާއިރާ- މުހައްމަދު ކާރިމް

6- އުނގޫފާރު ދާއިރާ- ވަހީދު (ވައްޑެ)

7- ގަމު ދާއިރާ- ވިސާމް

8- މައްޗަންގޮޅި އުތުރު ދާއިރާ- މުހައްމަދު ރަޝީދު (ބޯދިގު)

ރައްޔިތުންގެ މަޖިލިހުގެ މައްޗަން ގޮޅީ މެދު ދާއިރާގެ އެމްޑީޕީ ޓިކެޓު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަށަވަރު ކުރައްވައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދު އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރެއްވީ ޒުވާން ބޭފުޅެއް ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާ ވާދަކުރައްވަ އެވެ. ޕްރައިމަރީގައި ނަޝީދަށް 267 ވޯޓު މިހާތަނަށް ލިބިވަޑައިގެންނެވި އިރު، އައިޝަތު އަލައިކާ އަށް ލިބުނީ 52 ވޯޓެވެ.

ނަޝީދު ވަނީ 1999 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ފަހަރު މާލޭގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިލްޔާސް އިބްރާހީމާއި ނަޝީދެވެ. ނަމަވެސް، މަޖިިލިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވުމާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ގައި ގޮނޑި ގެއްލުވައިލި އެވެ.

ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑު އޮފީސް އިމާރާތް ހަދާފައި އެހުރީ ވެލާނާގޭގެ ބިމުގަ އެވެ.

އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރު ގަބޫލުކުރި އެވެ.

މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. ސަބަބަކީ، ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕްރައިމަރީގެ އެކި ދާއިރާތަކުގެ ނަތީޖާ އިއުލާން ކުރަމުން ދާއިރު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މިހާތަނަށް ޓިކެޓު ކަށަވަރު ކުރެއްވީ އަބްދުލްޣަފޫރު މޫސާ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ކަން މިހާރު ކުރައްވާ ޣަފޫރަށް ލިބިވަޑައިގަތީ ހަނިމާދޫގެ އެމްޑީޕީ ޓިކެޓެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ކުރިން ވެސް ކުރެއްވި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު އަހުމަދު އީސާ އާއި ކިނބިދޫ ދާއިރާގެ ޓިކެޓު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން މުހައްމަދު ނާޝިޒު ވަނީ ކަށަވަރު ކުރައްވައިފަ އެވެ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ކަން އަހުމަދު އީސާ މީގެ ކުރިން ކުރެއްވި އިރު، ނާޝިޒު ފުރުއްވީ އަލިފުށީ ދާއިރާގެ ގޮނޑި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ އިސް އެކްޓިވިސްޓުން ކަމަށްވާ އިނގުރައިދޫ ދާއިރާގެ ޓިކެޓު ހަސަން އަހުމަދު (ހަސަންޓޭ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ޒިފްލީން ހަސަން ވަނީ ތިނަދޫ ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އަދި ތުޅާދޫ ދާއިރާގެ ޓިކެޓު މިހާތަނަށް އައިއިރު، ކަށަވަރު ކުރެއްވީ ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް އަލީ ވަނީ ގަމު ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ޝައުގުވެރި އެއް ދާއިރާ އަކީ ކާށިދޫ ދާއިރާ އެވެ. މީގެ ކުރިން، އެ ދާއިރާގެ މެމްބަރު ކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު، އަބްދުﷲ ޖާބިރުގެ މައްޗަށް ކުރި ހޯއްދަވައި އެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ އިބްރާހިމް ރިފްއަތެވެ.